ބީއެމްއެލްގެ އާ ޗެއާޕާސަން އަކަށް ސައީދާ އުމަރު ހަމަޖައްސަވައިފި
ބީއެމްއެލްގެ އާ ޗެއާޕާސަންއަކަށް ސައީދާ އުމަރު ހަމަޖައްސައިފި އެވެ. ބީއެމްއެލް އިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، އިއްޔެ ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ޗެއާޕާސަން އަކަށް ސައީދާ (ދަފްތަރު ނަމްބަރު 621 މާލެ) ހަމަޖައްސައިފަވާ ކަމަށެވެ. ސައީދާ އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގެ ޕޮލިސީ ކޮންސަލްޓެންޓް އަދި ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް ވާކިން ގްރޫޕްގެ ކޯ ޗެއަރެވެ. މީގެ އިތުރުން އެ ކަމަނާ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިކޮނޮމިކް އެމްޕަވަމެންޓް އޮފް ވިމެން ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވަ އެވެ. ވޭތުވެ ދިޔަ ދެ އަހަރު ދުވަހު ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމު އަދާ ކުރައްވާފައި ވަނީ ފަރީހާ ޝަރީފް އެވެ. ފަރީހާ ވަނީ ދެ އަހަރު ދުވަހަށް ފަހު ޑިރެކްޓަރުންގެ ބޯޑަށް ރިމަތި ނުލެއްވުމަށް ނިންމަވައިފަ އެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ