އަލިފުށި ރައްޔިތުން އަދިވެސް ކަނު އަނދިރީގައި

ރ. އަލިފުށީގެ ކަރަންޓްގެ މައްސަލަ އަދިވެސް ހައްލު ނުވާތީ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް 600 ކިލޯ ވޯޓްގެ ޖަނަރޭޓަރު ސެޓެއް ފޮނުވަން ނިންމާފައިވާ ކަމަށް ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
އެރަށަށް އިއްޔެ ވަނީ 200 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ގެންގޮސް އިންސްޓޯލް ކޮށްފައެވެ. ނަމަވެސް އެ ޖަނަރޭޓަރު ސިންކްރޮނައިޒް ނުކުރެވުމުގެ ސަބަބުން އެ އެރަށަށް ކަރަންޓް ދިނުމުގައި ވަގުތު ނަގާނެތީ އާއި އިތުރަށް ސިންކްރޮނައިޒް ނުކޮށް 600 ކިލޯ ވޯޓްގެ ޖެނަ ސެޓެއް މިރޭ 12:00 އެހާއިރު މާލެއިން އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.
މިދިޔަ އަންގާރަ ދުވަހު އަލިފުށިން ކަރަންޓު ގޮސްފައިވަނީ އަލިފުށީގައި ހުންނަ 400 ކިލޯ ވޯޓްގެ ޖަނަރޭޓަރަކާއި 600 ކިލޯ ވޯޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ނެވެ. ކަރަންޓު ނެތުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާ އިރު ބައެއް ރައްޔިތުންދަނީ ކައުންސިލް އިދާރާ ކުރިމަތީގައި އިހުތިޖާޖް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ