މެމްބަރު ވަހީދު އާއި އަމީތު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނިކޮށް މަޖިލީހަށް ވަދެފައިވާތީ މިއަދު ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
މެމްބަރު އަމީތު އަދި މެންބަރު ވައްޑެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އެ ދެބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނިކޮށް ނަމަވެސް އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމާއިމެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމައެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން، މަޖިލީހަށް ވަޑައިގަތުމަށް ފުލުހުން ވަނީ އެ ސަރަޙައްދުގައި މެމްބަރުން ހިފަހައްޓާ މެމްބަރުންނަށް ހުރަސް އަޅާފައެވެ. މެމްބަރުން ގަދަކަމުން މަޖިލީހުގެ އިދާރާއަށް ވަން ނަމަވެސް
އިރުކޮޅެއްގެ ފަހުން ފުލުހުން ވަނީ މަޖިލީހުގެ އިދާރާއަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ