ފުލުހުން ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މާދަމާ 1:30 އަށް ކޯޓަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި ގާސިމް މާދަމާ ކޯޓަށް ހާޒިރުކުރަނީ ބަންދާއިމެދު ގޮތެއް ނިންމުމަށެވެ.
ގާސިމްގެ ބަންދަށް އެންމެ ފަހުން ޖެހި ހަތަރު ދުވަހުގެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ. މީގެ ކުރިން ގާސިމްގެ ބަންދުގެ މުއްދަތު 15 ދުވަސް އެޕްރީލް މަހުގެ 21 ވަނަ ދުވަހުވަނީ އިތުރުކޮށްދީފައެވެ.
ގާސިމް ހައްޔަރުކޮށްފައިވަނީ މެއި މަހުގެ 20 ވަނަ ދުވަހުގެ ރޭ ގޭގައި ހުންނަވަނިކޮށެވެ.
ގާސިމްގެ މައްޗަށް ކުރަނީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދެއްވުމާއި ސިފައިންނާއި ފުލުހުން އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތެވެ.
ގާސިމް މާދަމާ ކޯޓަށް ހާޒިރު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ