ފެމިލީ ކޯޓުން ފުލުހުންނަށްކޮށްފައިވާ އަމުރަކާއި ގުޅިގެން މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ފެމިލީ ކޯޓަށް މީހަކު ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު އެމީހާ ފަށައިފި އެވެ.
ފުލުހުން ހޯދަމުންދަނީ ޅ.ކުރެންދޫ، ނޫރުއާބާދު، އަޙްމަދު ޢަބުދުއްރަޙީމް (41އ) އެވެ.
ފުލުހުން ބުނީ އަޙްމަދު ޢަބުދުއްރަޙީމް ބަންދުގައި ބަހައްޓައިގެން އޭޕްރީލް 15 ވަނަ ދުވަހުގެ ކުރިން ފެމިލީ ކޯޓަށް ޙާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވަނީ މި މާރޗް މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
ބަންދުގައި ބަހައްޓައިގެން އަޙްމަދު ޢަބުދުއްރަޙީމް ފެމިލީ ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވަނީ ފެމިލީ ކޯޓަށް ހުށަހެޅިފައިވާ ޚަރަދުގެ މައްސަލައަކާ ގުޅިގެން ފެމިލީ ކޯޓަށް ޙާޒިރުކުރުމަށް ބޭނުންވެ ޙާޒިރު ކުރެވިފައި ނުވާތީކަމަށް ފުލުހުންގެ މައްޗަށް ފެމިލީ ކޯޓުން ކޮށްފައިވާ އަމުރުގައިވެއެވެ.
އަޙްމަދު ޢަބުދުއްރަޙީމް އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ 119 ށް ނުވަތަ 3322111 އަށް ނުވަތަ 9991442 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާކުރުމަށް ފުލުހުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ