އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އުމަރު ނިންމަވައިފި

2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވައިފިއެވެ.
އުމަރު ނަސީރު މިކަން ހާމަކުރައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
އުމަރު ނަސީރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު ވިދާޅުވެފައި ވަނީ ވާދަކުރައްވާނީ 2023 ގެ ރިޔާސީ އިންތިހާބުގައި ކަމަށެވެ.
އުމަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވިއިރު ރައީސް މައުމޫން އަދި ޕީޕީއެމްގެ ރައީސް އުފެއްދެވި އެ މަނިކުފާނަށް މަޝްވަރާ އަރުވާ މަޖިލީހުން މިއަދު އުމަރު ނަސީރު ވަނީ ވަކިކުރައްވާފައެވެ.
ޕީޕީއެމް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕީޕީއެމްގެ މަޝްވަރާ މަޖިލީހުގެ މެންބަރު ކަމުން އުމަރު ވަކި ކުރެއްވީ އެ ޕާޓީގެ ރައީސް މައުމޫން ކަމަށެވެ. އަދި އުމަރު ވަކިކުރެއްވީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމާގުޅިގެން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ