ތަފާތު އެކި މައްސަލަތަކުގައި ފުލުހުން ހޯދަމުންދާ މަސްތުވާތަކެއްޗަށް ވާގޮތާއި މެދު ރައްޔިތުން އަބަދުވެސް ސުވާލު އުފައްދަމުންދާއިރު، ފުލުހުންގެ މުއައްސަސާ މިހާރަށްވުރެ ހަރުދަނާވާންޖެހޭ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިހެން ވިދާޅުވީ، މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް، އިޖުތިމާޢީ ކޮމިޓީން ދިރާސާކޮށް ނިންމައި ފޮނުވި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.
އިލްހާމް ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތިފަދަ ބޮޑެތި ކުށްތައް ނުހުއްޓުވި ދަނީ ޤާނޫނު ނެތިގެން ނޫންކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ ޑްރަގް ވަންނަ ދޮރުތައް ބަންދުކުރުން ކަމަށާއި، އެގޮތުން ކ.ތިލަފުށީގަ އާއި، ރާއްޖޭގެ ޕޯޓުތަކުގައި ޚާއްސަ ފިޔަވަޅުތައް އަޅަންޖެހޭކަމަށް އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ޑްރަގްގެ މައްސަލަ ހައްލުކުރުމަށް އަމަލީ ފިޔަވަޅުތަކެއް އެޅިދާނެ ކަމަށާއި، އަދި ފުލުހުން އަތުލާ މަސްތުވާތަކެއްޗަށް ވާގޮތަކާއިމެދު، ބައެއް ރައްޔިތުން ސުވާލު އުފައްދާއިރު އެއަށްވާގޮތްވެސް ބަލަންޖެހޭކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ދަށުން، ސަރުކާރުގެ ވެރިން މިންޖުވެގެން ނޫނީ ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވާނެކަމަށް އިލްހާމް ވިދާޅުވިއެވެ.
"ޕޮލިސް ތެރެއަށް ނަގާ ޑްރަގަށް ހައްދަވަނީ ކިހިނެއްތޯ؟ މިއީ ވަރަށް މަޝްހޫރު ވާހަކައެއް. އަޅުގަނޑު ޤަބޫލުކުރަނީ ނައްތާލާނީ ކަމަށް. އެކަމަކު ޕޮލިސް ތެރެއަށް ނަގާ ކިހިނެއްތޯ ރައްޔިތުން ސުވާކުރޭ. ޕޮލިސްތެރޭގައި ހުރިހާ ސަކަރާތެއްޖަހާ ވާހަކަ މި ދައްކަނީ. އޭ ޓް ޒެޑަށް ސަކަރާތްޖަހާވާހަކަ މިދައްކަނީ. އެކަމަކު ހައްލެއް ނެތް. ވަޓް އިޒް ދިސް؟" އިލްހާމް ވިދާޅުވިއެވެ.
މި ރިޕޯޓަށް ބަހުސްކުރައްވަމުން، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވިދާޅުވީ، ޤާނޫނަށް ގިނަގިނައިން ގެންނަ މިފަދަ އިސްލާހުގެ ސަބަބުން ފައިދާއަށްވުރެ ލިބެނީ ގެއްލުންކަމަށެވެ. އަދި އެފަދަ ކަންކަން ހައްލުވެގެންދާނީ އިހުލާސްތެރިން މި ޤައުމުގައި އުފެދިގެންކަމަށެވެ. ފައިސަލް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ބާރުވެރިކަން ނުލިބޭ މިންވަރަކަށް މިސަރުކާރަށް ހުރިހާގޮތަކުންވެސް ބާރުވެރިކަން ލިބިފައިވާއިރު، މިފަދަ ބޮޑެތި މައްސަލަތައް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްގެން ނޫނީ ހައްލު ނުވާނެކަމަށެވެ.
މިބިލަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވިދާޅުވީ، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވޭނީ، ސަރުކާރާއި ސިޔާސީ ފަރާތްތަކުގެވެސް އިހުލާސްތެރިކަމެއް ހުރެގެން ކަމަށެވެ.
ފުލުހުން ހޯދާ މަސްތުވާތަކެއްޗަށް ވަނީ ކިހިނެއްތޯ ރައްޔިތުން ސުވާލު އުފައްދާ - އިލްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ