ޒިނޭ ކުރިކަމަށް އެއްބަސްވި އަންހެނަކު ރަޖަމު ކުރުމަށް (ކުދި ހިލައިން ތަޅައި މެރުމަށް) ގއ ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރަޖަމް ކުރަން ހުކުމް ކޮށްފައިވަނީ ރަށްމެދަށް ބަލިވެ އިން މީހެކެވެ. މި މީހާ ވަނީ ޒިނޭ ކުރިކަމަށް ޝަރީއަތުގައި އެއްބަސްވެފަ އެވެ.
މިއީ ރާއްޖޭގައި މީހަކު ރަޖަމްކުރަން ކުރި ފުރަތަމަ ހުކުމް ކަމަށްވާއިރު ރަޖަމްކުރަން ކޯޓުން ހުކުމްކުރީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާ ބެހޭގޮތުން އާ ގާނޫނުލް އުގޫބާތުގައި އޮންނަ އެ ގާނޫނުގެ 1205 ވަނަ މާއްދާގެ ދަށުންނެވެ.
އެ މާއްދާގައިވަނީ އެ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތަސް އިސްލާމީ ޝަރީއަތުގައި ހުއްދަ ކަނޑައަޅާފައިވާ ކުށެއް އިސްލާމީ ޝަރީއަތުގައި ބުނާ މިންގަނޑު އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެ ނަމަ އެ މީހަކަށް ދޭންޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ. ނަމަވެސް އެފަދަ އަދަބެއް ތަންފީޒު ކުރަންޖެހޭނީ އިސްތިއުނާފްގެ ހުރިހާގެ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ މާއްދާގައިވެ އެވެ.
މި ހުކުމާއިމެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ރަޖަމްކުރަން ހުކުމްކުރި މައްސަލަ އިސްތިއުނާފްކުރާނެ ކަމަށެވެ.
ޒިނޭ ކުރި ކަމަށް އެއްބަސްވި އަންހެނަކު މެރުމަށް ގެމަނަފުށި ކޯޓުން ހުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ