ދިވެހިރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ކަމުގައިވާ ޑރ. އަހްމަދު ޝަހީދު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ދީނީ މިނިވަންކަމާ ބެހޭ ޚާއްސަ ރެޕެޓުއާގެ މަގާމުގެ ޒިންމާއާ މިއަދު ހަވާލުވެއްޖެ އެވެ.
މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި، އދ،. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ 32 ވަނަ ސެޝަނުގައި ޑރ. ޝަހީދުވަނީ އެ މަޤާމަށް އައްޔަންކުރެވިފައެވެ. އެހެން ނަމަވެސް އީރާނުގެ ރެޕެޓުއާކަމަށް ދެން އައްޔަނު ކުރާނެ ފަރާތެއް ހަމަޖައްސަންދެން އީރާނުގެ ރެޕެޓުއާކަމުގައި ޑރ. ޝަހީދު ދެމިހުންނަވާނެކަމަށް މަޢުލޫމާތު ލިބެއެވެ.
ޑރ. ޝަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޤާމުގެ ޒިންމާއާ ހަވާލުވެވަޑައިގެންފައިވާ ކަމަށާއި، ދީނީ މިނިވަންކަމުގެ ހައްޤު ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ހަމަ މިއާއެކު ޑރ. ޝަހީދަކީ އިންސާނީ ހައްޤުތަކަށް ދުނިޔޭގެ ފެންވަރުގައި ވަކާލާތުކުރައްވަމުން އަންނަ ފަރާތެކެވެ. "ޔުނިވާސަލް ރައިޓްސް ގްރޫޕު" ގެ ޗެއާޕާސަންއަކީވެސް ޑރ. ޝަހީދެވެ.
ޑރ. އަހްމަދު ޝަހީދު, އދ. ގެ ދީނީ މިނިވަންކަމާ ބެހޭ ޚާއްސަ ރެޕެޓުއާގެ މަގާމުގެ ޒިންމާއާ ހަވާލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ