މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ ، މަސްތުވާ ތަކެތީގެ ފަރުވާ ދޭ ކުދިންނަށް ވަޒީފާގެ ފުރުސަތުދޭން ރައީސް ނިންމާފައިވާ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ސޯޝަލް ކައުންސިލްގެ މެމްބަރުން ބެލިބެލުމުން ، ރާއްޖޭގެ މަސްތުވާތަކެތީގެ ފަރުވާދޭ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާއި ހާފްވޭ ހައުސް އަދި ކޮމިއުނިޓީ ސެންޓަރުތަކުގައި ، އެކުދިންނަށް ފަރުވާދިނުމުގެ ކަންކަން ހަމަޖެހިފައިވަނީ ފުރިހަމައަށް ކަމަށެވެ.
އަދި އެފަދަ ކުދިންގެ އެދުމުގެ މަތިން އެކުދިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރުން ގައުމީ ޖަމްއިއްޔާތަކާއި މިކަމާގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
އަދި އެހުރިހާ ފަރާތަކުން މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިޥާ ކަމަށް ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިމަސައްކަތުގެ ދަށުން އެއްމެ ފުރަތަމަ އެކުދިން ވަޒީފާއަށް ނެރޭނީ މަދުގަޑިތަކެއްގައި ކަމަށާއި، އެކަށީގެންވާ އުޖޫރަ އެއްވެސް ދެވޭނެ ކަމަށާއި ، ރަނގަޅު ނަތީޖާ އެއް ފެންނަނަމަ ދާއިމީ ވަޒީފާއެއްވެސް ހަމަޖެހިގެންދާނެ ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަރުވާ ހޯދާ ކުދިންނަށް ވަޒީފާ ދިނުމަށް ރައީސް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ