ޗައިނާގެ ދެ ފެއާއެއްގައި ބައިވެރިވުމުގެ ފުރުސަތު ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހުޅުވާލައިފި

ޓޫރިޒަމް ދާއިރާގެ ކުންފުނިތައް ޗައިނާގެ "ކުއްމިންގް ފެއާ" އާއި "ސްޗުވާން ފެއާ" ގައި ބައިވެރިވުމުގެ ފުރުސަތު ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ހުޅުވާލައިފި އެވެ.
ގައުމީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާއާ ގުޅިގެން އެ ފެއާގައި ބައިވެރިވުމުން ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށެވެ. އަދި ކުންފުނިތަކުގެ އުފެއްދުންތައް ފުޅާކޮށް ބޭރުގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެން އަންނާނެ ކަމަށެވެ.
ކުއްމިންގައި ފެއާއަކީ އަންނަ ޖޫން މަހުގެ ފަހަކުން 10 އޮންނަ ފެއާ އެކެވެ. ސްޗުވާން ފެއާ އޮންނާނީ ޖޫން މަހުގެ 12 އިން 15 އަށެވެ.
ގައުމީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހަޒާންދާރު، އަހުމަދު އަދީބު ވިދާޅުވީ ޗައިނާގެ ބާއްވާ ދެ ފެއާގައި ބައިވެރިވުމަށް 15 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި 100 ވުރެ ގިނަ ދިވެހި ކުންފުންނިތަކަށް ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އަދި މިހާތަނަށް 15 ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ. އަޅުގަނޑުމެން އުންމީދު ކުރަނީ 100 ވުރެ ގިނަ ދިވެހި ކުންފުނި ފެއާގައި ބައިވެރިވާނެ ކަމަށް،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ