ތާޖުއްދީން ސްކޫލް ސްޓާފްރޫމުން ވައްކަންކޮށްފި

ތާޖުއްދީން ސްކޫލްގެ ސްޓާފްރޫމަށް ބަޔަކު ވަދެ ޓީޗަރުންގެ ޓެެބްލެޓްތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ ތާޖުއްދީން ސްްކޫލަށް ބަޔަކު ވަދެ ވައްކަންް ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 10:28 ހާއިރު ކަމަށެވެެ.
ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 7 ޓެބްލެޓާއި ހޭންޑެ ބޭގެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަދި މިހާރު މިތަކެތި ހޯދާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. މި ތަކެތި ހޯދާފައިވަނީ ސީސީޓީވީ ކެމެރާފުޓޭޖްގެ އެހީގައި ކަމަށެވެ.
ފުލުހުން ބުނީ މިތަކެތި ހޯދާފައިވަނީ މާލޭގެ ގެއެއްގެ ތެރޭގައި ފޮރުފައިވާ ވަނިކޮށް ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެހެންނަމަވެސް މިމައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
މާލޭގައި ފަހަކަށް އައިސް ވައްކަމާއި ފޭރުމާއި ޓެކުމާއި އޮޅުވާލައިގެން ފައިސާ އަތުލުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުން ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ކުށް ސާބިތުނުވުމުގެ ސަބަބުން ދޫވާކަމުގެ ޝަކުވާތައްވެސް އާންމުން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ