ދޮޅު އަހަރަށް ފަހު ގާސިމް މަޖިލީހަށް

ދޮޅު އަހަރަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފިއެވެ.
މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފަށާފައި ވާއިރު ގާސިމް މަޖިލީހަށް ވަޑައިގެންނެވީ މަޖިލީހަށް ސަލާން ވިދާޅުވެ ގިނަ ދުވަސްތައް ހޭދަކުރެއްވުމަށް ފަހުއެވެ.
މަޖިލީހުގައި މިއަދު ގާސިމް ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް އެ ޖަލްސާގައި ގާސިމް އެއްވެސް މައްސަލައަކަށް ވާހަކަ ދައްކަވާފައެއް ނުވެއެވެ.
ކޮވިޑްގައި ރާއްޖޭގެ ހާލަތު ގޯސްވުމާ ގުޅިގެން މާލެ ވަޑައިނުގެން މަޖިލީހަށް ސަލާން ވިދާޅުވެ، ގާސިމް ގިނަ ދުވަސްތައް ހޭދަ ކުރައްވާފައިވަނީ ސަން އައިލެންޑް ރިސޯޓުގައެވެ.
މިއަދުގެ ޖަލްސާގައި 45 މެންބަރުން ބައިވެރިވި އިރު ދެވަނަ ދައުރުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަ ވަނީ ނައިބު ރައީސް އީވާ އަބްދުﷲއެވެ.
މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ