އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމާ ޕީޕީއެމަށް

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ ( މުހައްމާ) ޕީޕީއެމަށް ސޮއިކުރައްވައިފިއެވެ. އޭނާ ޕާޓީއަށް ސޮއިކުރައްވާފައިވަނީ މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ. މުހައްމަދު މަޖިލިސް މެމްބަރުކަމަށް އިންތިހާބު ވެވަޑައިގެންފައި ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. އެއަށްފަހު އޭނާ ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ. ނަމަވެސް ވަކި ހިސާބަކުން ޕީޕީއެމާ ހިޔާލުތަފާތުވެ މުހައްމާ ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވެސް މުހައްމާ ވާދަކުރެއްވިއެވެ. ނަމަވެސް ޕްރައިމަރީ ކާމިޔާބު ކުރެއްވީ އިހަވަންދޫ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. އިތުރު ތަފްސީލު އަންނަނީ.....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ