ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ނުވުމަކީ ރައީސް ޔާމީންގެ މައްސަލައެއް ނޫން: ޑރ. ޝަހީދު

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބު ނުވި މައްސަލައިގައި އިދިކޮޅު ފަރާތްތަކުގެ ވިސްނުމާއި އދ. ގެ ޚާއްސަ ރެޕަޓުއާއެއްގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޝަހީދު ވިސްނުން ވަރަށް ބޮޑަށް ތަފާތުވެއްޖެއެެވެ.ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވާދަކޮށް، ރާއްޖެއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮދަށް ފާޑު ވިޔާފައެވެ. ނަމަވެސް މި ދަނޑިވަޅު އެމްޑީޕީގެ އެންމެ ކުރީ ސަފުގައި ހުންނެވި ޑރ. ޝަހީދު ވިދާޅުވި ގޮތުގައި ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ނުވުމަކީ ރައީސް ޔާމީންގެ ކުށެއް ނޫނެވެ. މައްސަލައަކީ އެންމެ މައްސަލައެކެވެ. ޝަހީދު ވިދާޅުވި ގޮތުގައި އެކަމުގައި މައްސަލައަކަށްވީ 2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގައި ސަލާމަތީ މަޖިލީހަށް ކުރިމަތިލުމަށް ނިންމެވި ނިންމުމެވެ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ނުވުމަކީ ރައީސް ޔާމީން ނުވަތަ މިނިސްޓަރ ޝައިނީގެ ކުށެއް ނޫން ކަމަށެވެ. ޑރ. ޝަހީދު ވަނީ މައުމޫންގެ ވެރިކަމުގައި އެފަދަ ޒިންމާދާރުކަން ކުޑަ ނިންމެވުމެއް ނިންމެވީ ކީތްވެގެންތޯ ސުވާލު ކުރައްވާ އެބޭފުޅުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. ޝަހީދުގެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ ކޮންމެ ރައީސަކު ދިވެހި ރާއްޖޭގެ ވެރިކަމުގައި ހުންނެވި ނަމަވެސް ރާއްޖެއަށް އެގޮނޑި ނުލިބޭނެ ކަމަށެވެ. އދ ގެ ސަލާމަތާބެހޭ މަޖިލީހަކީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. މިމަޖިލީހުގައި ދާާއިމީ ހަތަރު ޤައުމު، އެމެރިކާ، ރަޝިޔާ، ޗައިނާގ، އިނގިރޭސިވިލާތް،، ފުރާންސްގެ އިތުރުން އިތުރު 10 މެންބަރު ޤައުމު އޮވެއެވެ. މިދިހަ މެންބަރުންނަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުން ދެއަހަރުގެ ދައުރަކަށް ހޮވާ މެންބަރުންނެވެ. އދ ގެ ސަލާމަތީ ގޮނޑިއަށް އިންޑޮނޭޝިޔާއާއި ވާދަކޮށް ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ 46 ގައުމުން ރާއްޖެއަށް ތާއީދު ކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ