ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސަށް މައުމޫން ސަމޯއާއަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ސަމޯއާގައި އޮންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސުގައި ބައިވެރިވެޑައިގަތުމަށް މިއަދު ފުރާވަޑައިގެންފި އެވެ.
އެ ކޮންފަރެންސަކީ އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހާއި ހަމައަށް ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވަނީ ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުން ރާއްޖެ ތަމްސީލު ކުރެއްވުމަށެވެ.
ރައީސް މައުމޫން މިއަދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ގިނަ ތިމާވެށީގެ މައްސަލަތަކަކީ ހަމައެކަނި ރާއްޖެއަށް ދިމާވާ މައްސަލަތަކެއް ނޫން ކަމަށާއި ދުނިޔޭގެ ގިނަ ގައުމުތަކަށް ވެސް އެ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. ކޮންފަރެންސްގައި އިސްކަންދނީ އެ މައްސަލަތަކާއި މެދު މަޝްވަރާކޮށް، ކުރިން ހުރި ގަރާރުތަކާއި އެއްބަސްވުން ތަންފީޒުކުރުމުގެ މައްޗަށް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ