ރަމަޞާން މަހު ސްކޫލް ތަކުގެ ކިޔެވުން އޮންނާނެ ގަޑިތައް އެޑިއުކޭޝަން މިނިސްޓްރީ އިން އިއުލާން ކޮށްފި

އެޑިއުކޭޝަން މިނިސްޓްރީ އިން އަންނަ ރަމަޞާންމަހު ސްކޫލް ތަކުގެ ކިޔެވުން ބާއްވަން ޖެހޭ ގަޑިތައް އިއުލާން ކޮށްފިއެވެ.
ރަމަޞާންމަހު ފުރަތަމަ ދަންފަޅީގެ ކިޔެވުން ފަށަން ޖެހޭނީ ހެނދުނު 8:40 އާއި 9:00 ދެމެދުގެ ވަގުތެގައި ކަމަށާއި މެންދުރު ފަހުގެ ދަންފަޅީގެ ކިޔެވުން ފަށަން ޖެހޭނީ ހެދުނު 11:00 އާއި މެންދުރުފަހު 13:00 އާއި ދެމެދުގެ ވަގުތެގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ނެރުނު ސާކިއުލާގައި ވިދާޅުވެފައިވެއެވެ.
މެންދުރުފަހު 15:00 ގެ ކުރިން ނިންމާ ގޮތަށް ކިޔެވުމުގެ ވަގުތު ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.
ރަމަޞާން މަހު ގްރޭޑް 1 އިން 7 އަށް ކިޔަވައިދޭ ދަންފަޅީގެ ދިގުމިނަކީ 2 ގަޑިއިރާއި 30 މިނެޓް ކަމަށާއި ގްރޭޑް 8 އިން 10 އަށް ކިޔަވައިދޭ ދަންފަޅީގެ ދިގުމިނަކީ 3 ގަޑިއިރު ކަމަށާއި އަދި ގްރޭޑް
11 އިން 12 އަށް ކިޔަވައިދޭ ދަންފަޅީގެ ދިގުމިނަކީ
4 ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.
އަދި އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވެފައިވާ ގޮތުގައި އެއް ދަންފަޅިއަށް ކިޔަވަދޭން ހަމަޖެހިފައިވާ ސްކޫލްތަކުގައި ޖުމްލަ ހަތަރު ގަޑިއިރަށް ވުރެއް ދިގު ނުވާ ގޮތަށް ދަރިވަރުންގެ އުމުރިފުރާ އަށް ބަލައިގެން
ކިޔެވުމުގެ ވަގުތު ސްކޫލަށް އިތުރު ކުރެވިދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ