ފަރުވާއަށް ފަހު ރައީސް މައުމޫނު ގެޔަށް

ކުރީގެ ރައީސް އަދި އެމްއާރުއެމްގެ އިންތިގާލީ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ފަރުވާއަށް ފަހު ގެއަށް ދޫކޮށްލައިފިއެވެ.
އެކަން އެމަނިކުފާނު އާންމު ކުރައްވާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޑިސެމްބަރު 30ގައި ރައީސް މައުމޫނު އެޑްމިޓް ކޮށްފައިވަނީ ރޯގާ ދިގުލައިގެންދާތީ ޓެސްޓުތަކެއް ހެދުމަށް ކަމަށް އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމު މީގެ ކުރިން ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފާނު އައިޖީއިމްއެޗުން އިންފެކްޝަނަށް ފަރުވާ ހޯއްދެވި ކަމަށެވެ. އަދި އާލާސްކަންފުޅު ރަނގަޅުވުމުން މިހާރު ހުންނެވީ ގޭގައި ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އައިޖީއެމްއެޗްގެ ނަރުހުންނާއި، ޑޮކްޓަރުން އަދި މެނޭޖްމަންޓަށް ވެދެއްވި އެހީއަށް ޝުކުރު ދަންނަވާފައެވެ. އަދި އެބޭފުޅުންގެ މަސައްކަތް ފާހަގަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ