ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލު ކުރުމަށް އެދި ޖުމްހޫރީ ޕާޓީން ސުޕުރީމް ކޯޓަށް ހުށައެޅި މައްސަލައިގައި އެމްޑީޕީން ތަދައްހުލުވެފައިވަނިކޮށް ކޯޓުގައި އެޕާޓީ ތަމްސީލް ކުރައްވާ ދެ ވަކީލަކު ސުޕުރީމް ކޯޓުން ސަސްޕެންޑް ކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި އެވެ.
ސުޕުރީމް ކޯޓުގައި އެމްޑީޕީން ވަކާލާތު ކުރައްވަނީ ގާނޫނީ ވަކީލް ޙަސަން ލަތީފާއި ހިސާން ހުސެން އެވެ.
ކޯޓުން އެ ދެ ވަކީލުން ސަސްޕެންޑް ކުރީ އިންތިހާބު ބޭއްވުން ފަސް ކުރުމަށް ސުޕުރީމް ކޯޓުން އަމުރު ނެރެފައި ވަނިކޮށް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އިބާރާތްތަކުން ޝޯޝަލް މީޑިޔާ ތަކުގައި ވާހަކަ ދެއްކުމުގެ ސަބަބުން ނެވެ.
މި ދެ ވަކީލުން ސަސްޕެންޑް ކުރުމާއި ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ލަތީފާއި، ހިސާން ސަސްޕެންޑްކުރީ އެމްޑީޕީއާމެދު ޒާތީ ހަސަދެއް އޮވެގެން ކަމަށާއި، އެކަން އެޕާޓީން ކުށްވެރި ކުރާ ކަމަށެވެ. އެބަޔާނުގައި ބުނަނީ ލަތީފަކީ ސުޕުރީމް ކޯޓުގައި އެމްޑީޕީ އަށް ވަކާލާތުކުރާ ވަކީލެއް ނޫން ކަމަށެވެ. ނަމަވެސް ކޯޓުގައި އެމްޑީޕީ ތަމްސީލް ކުރާ ފަރާތެއް ކަމަށެވެ. އެހެން ކަމުން ހިސާނާއެކު ހަސަން ލަތީފް ސަސްޕެންޑް ކުރުމުން ދޭހަވަނީ ސުޕުރީމް ކޯޓުން އެމްޑީޕީއާމެދު ޒާތީ ހަސަދައެއް ގެންގުޅުއްވާ ކަމަށެވެ.
އެމްޑީޕީގެ ދެ ވަކީންގެ އިތުރުން ސުޕުރީމް ކޯޓުގައި އިލެކްޝަން ކޮމިޝަން ތަމްސީލްކުރާ އެކޮމިޝަނުގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވެސް ވަނީ ކޯޓުގައި ވަކާލާތު ނުކުރެއްވޭނެ ކަމަށް ބުނެ ބޭރުކޮށްފައެވެ. ސުއޫދު ވަކިކުރީ ވެސް ސުޕުރީމް ކޯޓުގެ އަމުރާމެދު ފާޑުކިއުމާ ގުޅިގެން ނެވެ.
އިންތިހާބު ބާތިލްކުރުމަށް ޖޭޕީން ސުޕުރީމް ކޯޓަށް ހުސައެޅުމުން އެކަމާ ހިންހަމަ ނުޖެހިގެން އެމްޑީޕީން ދަނީ ކޯޓުގެ އަޑުއެހުން ބާއްވާ ކޮންމެ ދުވަހަކު ސުޕުރީމް ކޯޓު ސަރަހައްދުގައި މުޒާހަރާކޮށް ކޯޓުގެ ފަންޑިޔާރުންނާ ގުޅޭގޮތުން ހަޑިހުތުރުބަސްތައް ބޭނުންކޮށް އަޑު އުފުލަމުންނެވެ.
ސުޕްރީމް ކޯޓުގައި އެމްޑީޕީއާމެދު ޒާތީ ހަސަދަ އޮވޭ: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ