މައުމޫން ފައުންޑޭޝަނުން ގާޑްން ސިޓީގައި ކިޔަވަން މިއަހަރު ފޮނުވާ ދަރިވަރަށް ލިޔުން ދީފި

އިންޑިޔާގެ ބެންގަލޫރުގެ ގާޑްން ސިޓީ ކޮލެޖުން މައުމޫން ފައުންޑޭޝަނަށް ލިބިފައިވާ ސްކޮލާޝިޕްތަކުގައި ކިޔަވަން ދިއުމުގެ ފުރުޞަތު ހުޅުވާލެއްވުމުން މިއަހަރު މައުމޫން ފައުންޑޭޝަންގެ ސްކޮލަރޝިޕްގައި އެކޮލެޖަށް ދިއުމަށް ހޮވިފައިވާ ދަރިވަރު މއ. ފޭރުގޭ އަޙްމަދު ޖައިލަމަށް އެސްކޮލަރޝިޕްގައި ހޮވުނު ކަމުގެ ސެޓްފިކެޓް މިއަދު ހަވާލު ކޮށްފި އެވެ.
މިއަދު މައުމޫން ފައުންޑޭޝަންގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވުނު ބައްދަލުވުމުގައި ސްކޮލަޝިޕް ސެޓްފިކެޓް އަޙްމަދު ޖައިލަމާ ޙަވާލުކުރެއްވީ މައުމޫން ފައުންޑޭޝަންގެ ޗެއާމަން ރައީސް މައުމޫން ޢަބްދުލް ގައްޔޫމެވެ. މި ބައްދަލު ކުރެއްވުމުގައި ފައުންޑޭޝަންގެ ވައިސް ޗެއާމަން އަހުމަދު ފާރިސް މައުމޫން އާއި ޖެނެރަލް ސެކްރެޓަރީ އަހުމަދު ޢަލިމަނިކު އަދި ހަޒާންދާރު އާދަމް ނަޢީމް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ