އަލީ ސޯލިހާއި ހޯރަފުށި ސަލީމާއި ނާއިފް ޝައުކަތު ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރައްވައިފި

ޑީއާރުޕީގެ މަސްވެރިންގެ ގޮފީގެ ރައީސް އަލީ ސޯލިހާއި އެ ޕާޓީގެ ރެޖިސްޓްރާ މުހައްމަދު ސަލީމް (ހޯރަފުށި ސަލީމް) އާއި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ނާއިފް ޝައުކަތު ޑެޕިއުޓީ މިނިސްޓަރު ކަމަށް ރައީސް މުހައްމަދު ވަހީދު މިއަދު އައްޔަންކުރައްވައިފި އެވެ. ސަލީމް ހަމަޖެއްސެވީ ހޯމް މިނިސްޓަރުގެ ނާއިބަކަށެވެ. ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރުކަން ވެސް ކުރައްވާ އަލީ ސޯލިހު ފިޝަރީޒް މިނިސްޓަރުގެ ނާއިބަކަށް ހަމަޖެއްސެވި އިރު ނާއިފް ހަމަޖެއްސެވީ ޔޫތު މިނިސްޓަރުގެ ނާއިބަކަށެވެ. މީގެ އިތުރުން ރައީސް މިއަދު ވަނީ ފިޝަރީޒް މިނިސްޓަރު ކަމަށް އަހުމަދު ޝަފީއު އައްޔަންކުރައްވައި ސްޓޭޓް މިނިސްޓަރުކަން އިތުރު އަށް ބޭފުޅަކަށް ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ