ޑރ.އަހުމަދު ޝަހީދު ހާރިޖީ ވަޒީރަކަށް ހުންނެވި އިރު، ހާރިޖީ ވުޒާރާއިން ކޮށްފައިވާ ކަންތައްތައް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބަލުމަށާއި ޑރ.ޝަހީދު މިހާރުން ހުންނެވި އދގެ ރެޕަޓުއަރ ކަމުގެ މަގާމުން ވަކިކުރުމަށް ގޮވާލާ ވިލިފުށީ ދާއިރާގެ މެމްބަރު ހުށަހަޅުއްވާ ގަރާރު މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ޑރ.ޝަހީދު އދގެ ރެޕަޓުއަރ ކަމުން ވަކިކުރުމަށް ރިޔާޒު ހުށަހަޅުއްވާފައިވަނީ އެމަގާމަކީ ދިވެހި ސަރުކާރުން ދީފައިވާ މަގާމެއް ކަމަށްވާތީ ކަމަށް ރިޔާޒުގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.
އެމައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތީ ޑރ.ޝަހީދުވަނީ ރިޔާޒު ރަޝީދަށް ވަރަށް ބޮޑަށް ފާދު ވެސް ވިދާޅުވެފައެވެ.
ޑރ.ޝަހީދު އދގެ ރެޕަޓުއަރ ކަމުގެ މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރުގެ އިތުރުން ކޮމިޓީ އެލަވަންސް ކަނޑާލަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހުށަހަޅުއްވާ ގަރާރު ވެސް ހުށަހެޅުމަށްވަނީ އެޖެންޑާކޮށްފައެވެ.
މީގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރައްވަން ރައީސް ފޮނުއްވާފައިވާ ނަންތައް ކަމާ ބެހޭ ކޮމިޓީއަށް ފޮނުވުމާއި 300 މިލިޔަން ރުފިޔާ ސަރުކާރުން ނަގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ހުށަހަޅުއްވާފައިވާ މައްސަލައިގެ ބަހުޘް ވެސް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.
މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާ އިރު، އެމްޑީޕީން މަޖިލީހުގައި ބައިވެރިނުވާން އެޕާޓިގެ ގައުމީ މަޖިލީހުންވަނީ ނިންމާފައެވެ.
ޑރ.ޝަހީދު އދގެ ރެޕަޓުއަރ ކަމުން ވަކި ކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ