އެލްއޭ އޮލިމްޕިކްސްގެ އެތުލެޓިކްސް ޝެޑިއުލަށް ބޮޑު ބަދަލެއް އެލްއޭ އޮލިމްޕިކްސްގެ އެތުލެޓިކްސް ޝެޑިއުލަށް ބޮޑު ބަދަލެއް

ލަންޑަން (ނޮވެމްބަރު 26) - އެމެރިކާގެ ލޮސް އެންޖެލްސްގައި 2028 ވަނަ އަހަރު ބާއްވާ، އެލްއޭ އޮލިމްޕިކްސްގެ އެތުލެޓިކްސް އިވެންޓްގެ ޝެޑިއުލަށް ބޮޑު ބަދަލެއް ގެންނަން ވޯލްޑް އެތުލެޓިކްސް އިން ނިންމައިފި އެވެ.
އެ ގޮތުން، ވޯލްޑް އެތުލެޓިކްސް އިން އިންޓަނޭޝަނަލް އޮލިމްޕިމްޕިކް ކޮމިޓީ (އައިއޯސީ)އާ އެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު، ޝެޑިއުލަށް ގެންނަ ބަދަލުގެ ތެރެއިން މިހާރު ނިންމާފައިވަނީ، އެލްއޭ އޮލިމްޕިކްސްގައި، ފުރަތަމަ ހަފްތާގައި އެތުލެޓިކްސް ފެށުމަށް ފަހު، މުޅި ގޭމްސްގެ ނިޔަލަށް އެތުލެޓިކްސްގެ އިވެންޓްތައް ކުރިއަށްގެންދާއިރު، ސްވިމިން އިވެންޓްތައް ދެ ވަަނަ ހަފްތާގައި ފަށާ ގޮތަށެވެ.
މި ބަދަލާ އެކު، 2028 ވަނަ އަަހަރު އެލްއޭގައި ކުރިއަށްދާ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތު، ޖުލައި 14 ވަނަ ދުވަހު ކުރިއަށްދާއިރު، ގޭމްސްގެ ފުރަތަމަ ދުވަހު، އަންހެނުންގެ 100 މީޓަރުގެ ފައިނަލް އޮންނައިރު، ދެ ވަނަ ދުވަހު، ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ފައިނަލް ބާއްވާނެ އެވެ.
މިއީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސް، އެލްއޭގައި ހޯސްޓްކުރާނެ ތިން ވަނަ ފަހަރެވެ. މި ފަަހަރުގެ އޮލިމްޕިކްސް ހުރިހާ ގޮތަކުން ވެސް ހާއްސަވާނެ ކަމަށް އިންތިޒާމް ކޮމިޓީން ފާހަަގަކުރާ ސަބަބަކީ، 36 ކުޅިވަރަކުން 51 ޑިސިޕްލިން (އިވެންޓް) ކުރިއަށްދާނެ އެވެ. އަދި، ގޭމްސްގެ އިވެންޓްތައް 49 ވެނިއުއެއްގައި ކުރިއަށްދާއިރު، މި ކަންކަން ރޭވިފައި ހުރީ، ލޮސް އެންޖެލްސް ރީޖަން އާއި އޮކްލަހޯމާ ސިޓީގެ 18 ޒޯނެއްގަ އެވެ.
އެލްއޭ އޮލިމްޕިކްސްގެ އެންމެ ހާއްސަ ދުވަހަކީ، ގޭމްސްގެ 15 ވަނަ ދުވަހެވެ. އެ ގޮތުން، ޖުލައި 29، ވަނަ ދުވަސް، "ސުޕަ ސަޓަޑޭ"ގެ ނަމުން ނަން ދީފައިވަނީ، އެ ދުވަހު، 23 ކުޅިވަރަކުން 26 ފައިނަލްސް ތާވަލުކޮށްފައިވާތި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ