މެދުރާއްޖެތެރޭ އަތޮޅުތަކުގެ ރަށްތަކަށް މިރޭ މޫސުން ވަރަށް ގޯސްވާނޭކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިރޭ ޔެލޯ އެލާތް ނެރެފައިވަނީ ބ އަތޮޅުން ފެށިގެން މ އަތޮޅަށެވެ. އެލާޓް ނެރެފައިވަނީ މެންދަމު 02:30 ގެ ނިޔަލަށެވެ. މެޓުން ބުނީ ޔެލޯ އެލާޓް ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގަދައަށް ގުގުރާނޭކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީގެން ދަތުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މެތް އޮފީހުން ވަނީ ކުރިއަށްއޮތް ދުވަސްތަކުގައި ވިއްސާރަވާނޭކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އެދިފައެވެ.
މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މިރޭ މޫސުން ވަރަށް ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ