ބޮލީވުޑަށް ނޫނެކޭ ބުނި އަމީތާބްގެ ކާފަ ދަރިފުޅު ވިޔަފާރީގެ އެންމެ އުހުގައި

އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ އާއިލާ ކަމަށްވާ ބައްޗަން އަދި ކަޕޫރު އާއިލާއަށް ނިސްބަތްވާ ނާވްޔާ ނަވޭލީ ނަންދާ ފިލްމީ ދާއިރާއިން ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި ނަމަވެސް އުމުރުން 27 އަހަރުގެ ޒުވާނާ ބޭނުންވީ އާއިލީ ވިޔަފާރިގެ ތެރެއަށް ވަނުމަށެވެ. ބޮލީވުޑްއިން ލިބެމުންދިޔަ ގިނަ ހުށަހެޅުންތަކަށް ނޫނެކޭ ބުނުމަށް ފަހު ނާވްޔާ ގުޅުނު އާއިލީ ކުންފުނި 'އެސްކޯޓް'ގެ މިލްކިއްޔާތު 40،000 ކްރޯޑު ރުޕީސް (4.7 ބިލިއަން ޑޮލަރަ)ށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މަޝްހޫރު ރާޖް ކަޕޫރުގެ ކާފަ ދަރިފުޅު ނިކިލް ނަންދާގެ ދަރިފުޅު ނަވްޔާ ނަންދާގެ މަންމަ ފަރާތު އާއިލާއަކީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ތަރިން ތިބި އާއިލާއަކަށްވީއިރު ބައްޕަ ފަރާތު އާއިލާގެ ވެސް ގިނަ މެންބަރުންނަކީ ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ މެންބަރުންނެވެ. ނަމަވެސް، ބައްޕަ ނިކިލް ނަންދާ އެކޭ އެއްގޮތަށް ނަވްޔާ ވެސް ބޭނުންވީ އާއިލީ ވިޔަފާރިއާ ގުޅި އާއިލީ ކުންފުނި ކުރިއެރުވުމުގައި ބައިވެރިވުމަށެވެ. ނަވްޔާގެ ބައްޕައަކީ އާއިލީ ކުންފުނި 'އެސްކޯޓުސް ކުބޯތާ މިލިޓެޑް"ގެ ޗެއާމަންއެވެ. ނާވްޔާ މަންމަ ޝްވޭތާ ބައްޗަން، ބައްޕަ ނިކިލް ނަންދާ އަދި ކޮއްކޮ އަގަސްތިޔާއާ އެކު--ފޮޓޯ/ފިލްމުފެއަ އާއިލީ ކުންފުނީގައި ހިއްސާދާރެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް ނަވްޔާއަކީ ޝޯބިޒް ދުނިޔޭގައި ވެސް މަޝްހޫރު ނަމެކެވެ. ވިޔަފާރީގެ މަސައްކަތްތަކުގައި އުޅެމުންވެސް ނަވްޔާ ޝައުގުވެރިވާ އެހެނިހެން ދާއިރާތަކުގައި ވެސް މަސައްކަތް ކުރާނެ ކަމަށް ދާދިފަހުން އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުގައި ވަނީ ބުނެފައެވެ. އެގޮތުން، 2023 ވަނަ އަހަރު ޕެރިހުގައި ބޭއްވި 'ލޯރިއަލް ޕެރިސް ފެޝަން ވީކް'ގެ ރޭމްޕްގައި ނަވްޔާ ވަނީ ހިނގާލާފައެވެ. އެ ޝޯގައި ނަވްޔާ ބައިވެރިވީ 'ސްޓޭންޑް އަޕް އަގެއިންސްޓް ސްޓްރީޓް ހެރެސްމެންޓް'އަށް ވަކާލާތު ކުރުމުގެ ގޮތުން އޭގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުންނެވެ. އެހެންކަމުން މުނިފޫހިފިލުވުމުގެ ދާއިރާއިން ވެސް ނަވްޔާ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް އެއީ އާއްމުން ހޭލުންތެރިކުރުވުމުގެ މުޖުތަމައަށް އޭގެއިން ފައިދާކުރާނެ ކަހަލަ ޕްރޮޖެކްޓްތަކުގައި ކަމަށް ނަވްޔާ ވަނީ ބުނެފައެވެ. އެކަމަކު ވެސް އެކްޓިންގް ދާއިރާއިން ނުވަތަ ފިލްމުތަކުން ނުފެންނާނެ ކަމަށް އެކި ފަހަރު މަތިން ތަކުރާރުކޮށް ނަވްޔާ ވަނީ ބުނެފައެވެ. ނަވްޔާ ބޮޑުވަމުން އައީ ދަނޑުވެރިކަމަށް ބޭނުންކުރާ ޓްރެކްޓާތައް އުފެއްދުމުގެ މަޝްވަރާތައް ކުރެވެމުންދާ މާހައުލެއްގައި ކަމުން އަބަދުވެސް ޝައުގުވެރިކަން ހުރީ 'އެސްކޯޓުސް ކުބޯތާ މިލިޓެޑް" ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރުމަށް ކަމަށް ނަވްޔާ ވަނީ ބުނެފައެވެ. ދަނޑުވެރިކަމަކީ އިންޑިއާގެ އިގްތިސާދުގެ އެންމެ މުހިއްމު އެއް ސެކްޓާއަށް ވާއިރު ނަވްޔާގެ އާއިލީ ވިޔަފާރި މެދުވެރިކޮށް އެ ސެކްޓާއަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށް ނަވްޔާ ވަނީ ބުނެފައެވެ. އަމީތާބްގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަންގެ ދެ ކުދިންގެ ތެރެއިން ނަވްޔާއަށް ކާފަ އަމީތާބް ބައްޗަންގެ މިލްކިއްޔާތުން ލިބޭ މުދަލުގެ އަގު (835 ބިލިއަން ޑޮލަރަ)ށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ