ތަޢުލީމީ މާހައުލަކީ ކޮންމެ ދަރިވަރަކަށާއި މުދައްރިސަކަށް ވެސް އަމާންކަމާއި އިޙްތިރާމް ލިބިގެންވާ ތަނެއްކަމުގައި ވާންޖެހެ އެވެ. ނަމަވެސް، މި މަހުގެ 10 ގައި ދުވަހު އައްޑޫ ހައި ސްކޫލްގައި ހިނގައި ދިޔަ ހިތާމަވެރި ޙާދިސާ އަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ ހިތްތަކަށް ވަރަށް ބޮޑަށް އަސަރުކޮށް، ގިނަ ބައެއްގެ ކަންބޮޑުވުން އުފެދުނު ކަމެކެވެ. އެ ދުވަހު އެ ސްކޫލްގެ ދަރިވަރަކާއި ޓީޗަރެއް އެކަކު އަނެކަކަށް ގަޔަށް އަތްލައި ތަޅާފޮޅާ ވީޑިއޯއެއް އިންޓަނެޓްގައި ވައިރެލްވެފައިވެ އެވެ.
މި ޙާދިސާއާ ގުޅިގެން ސްކޫލްގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. އެއީ ހަމައެކަނި އައްޑޫ ހައި ސްކޫލްގެ އަގު ދަށްވުމެއް ނޫނެވެ. އެކަމަކު އެއީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ އިތުބާރު ކުޑަވެ، މުދައްރިސުންނާއި ދަރިވަރުންގެ މެދުގައި އޮންނަން ޖެހޭ އަދަބުވެތިކަމާއި އިޙްތިރާމާ މެދު ސުވާލު އުފެދިގެން ދިޔަ ކަމެކެވެ. މިއީ އަޅުގަނޑުމެން އެންމެން ވަރަށް ބޮޑަށް ހިތާމަކުރާ ކަމެކެވެ. ކުދިންނަށް ތަރުބިއްޔަތު ދީ، ދުނިޔެ އަށް ބޭނުންތެރި ރަނގަޅު ރައްޔިތުންގެ ގޮތުގައި އެކުދިން ބިނާ ކުރުމަށް މަސައްކަތްކުރާ މުއައްސަސާއެއްގައި މިފަދަ ހިތާމަވެރި ކަމެއް ހިނގައިގެން ނުވާނެ އެވެ.
މިފަދަ ކަންތައްތައް ކުރިއަށް އޮ ތްތަނުގައި ނުހިނގާނެ ގޮތަކަށް، ސްކޫލްގެ މެނޭޖްމަންޓުން ސްކޫލްގެ ކަންކަން ވިލަރެސްކުރާނެ ކަމަށް އުންމީދު ކުރަމެވެ. މިފަދަ ކަންކަމަކީ ސްކޫލެއްގައި އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ކަންކަމެއް ނޫނެވެ. ކުދިންނަށް ރަނގަޅު މިސާލެއް ދައްކައި، އެކުދިންނަށް އަމާންކަން ލިބިގެންވާ މާހައުލެއް ޤާއިމުކުރުމަކީ ސްކޫލް މެނޭޖްމަންޓުގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އަދި މިކަމުގެ އަސްލު ހޯދުމަށްޓަކައި އެންމެ ފުންމިނަށް ތަޙުޤީޤުކޮށް، މި ޙާދިސާގައި ކުށްވެރިވާ ބަޔަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަކީ މުސްތަގުބަލްގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިއުމަށް އެޅިގެން ދާނެ މުހިންމު ފިޔަވަޅެކެވެ.
އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަދީމު.
އެހެން ނޫން ނަމަ މިފަދަ ޙާދިސާތައް ގިނަވެ، ތަޢުލީމީ މާހައުލުގެ އަގު އިތުރަށް ދަށްވުމުގެ ފުރުސަތު ބޮޑު ވާނެ އެވެ.
އުންމީދަކީ ސްކޫލްގެ މެނޭޖްމެންޓުން މި ފިޔަވަޅު ވަރަށް ސީރިއަސްކަމާ އެކު އަޅުއްވާނެ ކަމަށާއި، މިހެން ދިމާވި ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. މުސްތަގުބަލުގައި ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި، ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި އިޙްތިރާމާއި، ގަދަރާއި، އޯގާތެރިކަން އަބަދުވެސް ދެމެހެއްޓެން ޖެހޭނެ އެވެ.
އައްޑޫ ހައި ސްކޫލްގެ ހަމަނުޖެހުން: އިބުރަތަކަށް ވާން ޖެހޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ