އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ނަގަން ތައްޔާރުވަމުން އަންނަ ވޯޓްގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ވޯޓު ލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ރީރަޖިސްޓްރީވާން ފުރަތަމަ ހުޅުވާލި މުއްދަތު ވަނީ އިއްޔެ 18:00އަށް ހަމަވެފައެވެ. އެކަމަކު، އެ މުއްދަތު މިހާރު އީސީން އިތުރުކޮށްފައިވާއިރު، މިއަދު 18:00ގެ ކުރިން ރީރަޖިސްޓްރީވެވޭނެއެވެ.
އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ރައްޔިތުންގެ ހިޔާލު ހުރިގޮތް ދެނެގަތުމަށް ޓަކައި ނަގާ ވޯޓެކެވެ. ގާނޫނާއި އެއްގޮތްވާގޮތުގެ މަތިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ސުވާލުތަކާއި، މައުލޫމާތު ކަރުދާސް އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށްފައެވެ.
އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ބާއްވާ މި ވޯޓުގައި، ފަސް ތަނެއްގައި ވޯޓު ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެވެ. އީސީން ބުނީ، ހުޅުދުއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓުލުން އޮންނާނީ އެ ތިން ރަށުގެ އިތުރުން މާލެ ސިޓީގައި ކަމަށެވެ. އެގޮތުން ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވަނީ ފޭދޫގައި، ފޭދޫ ސްކޫލްގައެވެ. ހުޅުދޫގައި، ހުޅުދޫ ސްކޫލާއި ސ. އަތޮޅު މަދަރުސާގައެވެ. މީދޫގައި، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރުގައެވެ. އަދި މާލޭގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލްގައެވެ.
މި ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ 6 ވަނަ ދުވަހު ހާއްސަ ގަރާރެއް ނެރުއްވާފައެވެ. އީސީން ވިދާޅުވެފައިވަނީ، އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތާ ގުޅޭގޮތުން މި އާންމު ވޯޓު ނެގުން ކުރިއަށްދާނީ މިމަހުގެ 25 ވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި މި ވޯޓުގެ ނަތީޖާ އަންނަ މަހުގެ 26 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށް ވެސް އީސީން ވަނީ ހާމަކުރައްވައިފައެވެ.
ހުޅުމީދޫގައި ކުރިއަށް ގެންދިޔަ “ފަހެލި ބޫޓް ކޭމްޕް” ނިންމާލައިފި އައްޑޫ ސިޓީގައި ބޭރަށް ހިނގުން އިތުރުވާތީ ސަމާލުވާން އަންގައިފި! އައްޑޫ ރައްޔިތުންނަށް ހައްގު މިންވަރަކީ ‘ބޮޑު ސްކްރީނުން’ ތަރައްގީގެ މަޝްރޫއުތައް ބެލުންތޯ؟ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ