ކައުންސިލަރ އިޝާނަށް: އާޒިމް ތަފާތު ދައްކާތީ މޭކަރަނީ އުތަ!

ޕީއެންސީގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ކަންކުރައްވާ ފާތިމަތު އިޝާންއަށް މަގާމްގެ މޭންޑޭޓް ނޭގުމަކީ މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމްގެ މައްސަލައެއް ނޫނެވެ. މޭޔަރ އާދަމް އާޒިމް ޕީއެންސިއަށް ނިސްބަތްނުވާތީ އާދަމް އާޒިމްގެ އޮފު ކަނޑުވާލުމުގެ ބޭނުމުގައި އިޝާން ދެއްކި ވާހަކަތަކުން ބަރަހަނާވީ އިޝާނާއި ޕީއެންސީއެވެ. 
މާލޭ މޭޔަރ އާޒިމް ބަދުނާމް ކުރުމުގެ ގޮތުން އިޝާން ދެއްކި އެއްވެސް ވާހަކައެއްގައި ފެނެއް ނުހިފެއެވެ. އެންމެ ހެއްވަނީ އާދަމް އާޒިމަށް ފާޑު ކިޔުމުގެ ގޮތުން ގައުމީ ދާރުލް އަސާރާ ގުޅުވައިގެން ދެއްކި ވާހަކައެވެ. ދާރުލްއާސާރަކީ މާލެ ސިޓީ ކައުންސިލްގެ މޭންޑޭޓްގައި އޮތްތަނެއް ނޫންކަން ކައުންސިލަރ އިޝާނަށް ނޭނގުމުން ސިޓީ ކައުންސިލްގެ ކަންކަމުގައި އިޝާން ބައިވެރި ނުވާކަމާއި ކައުންސިލްގެ ޒިންމާތަކާއި ވާޖިބުތައް އިޝާނަށް ނޭނގޭވަރު ކިތަންމެހާވެސް ރަނގަޅަށް ހާމަ ވެއްޖެއެވެ. 
މޭޔަރ އާޒިމް އިސްވެ ހުންނަވާ ހުއްޓުމެއްނެތި މާލެ ސިޓީގައި ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް މާލޭގައި ދިރިއުޅޭ މީހުނަށް އެބަފެނެއެވެ. ޕީއެންސީ މެޖޯރިޓީ ކައުންސިލެއް ގޮވައިގެން އާދަމް އާޒިމް ކުރައްވާ މިންނަތް މަސައްކަތް މާލޭގެ ގިނަ ރައްޔިތުން ބަލައިގަނެއެވެ. 
މާލޭގެ މިސްކިތްތަކުގެ އާބާތުރަފިލުވާ އަޅުކަން ކުރަން ފަސޭހަ ހިތްފަސޭހަ ތަންތަނަށް މިސްކިތްތައް އެބަ ބަދަލުކުރެއެވެ. ހުއްޓާނުލާ މާލޭގެ މަގުތަކާއި ގޯޅިތަކުގެ އަޑިގުޑަންފިލުވާ ދުއްވާ ތަކެއްޗަށާއި ހިނގާ ބިނގާވާ މީހުނަށް އަމާން ރައްކާތެރި ތަނަކަށް މާލެ އެބަ ހަދައެވެ. ކާނުތައް ސާފުކޮށް މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްދު ކުރުމަށް ކެނޑިނޭޅި މަސައްކަތް އެބަކުރެވެއެވެ. މާލޭގެ ޕާކްތަކާއި މައިޒާންތަކަކީ ހުރިހާ އުމުރު ފުރައެއްގެ މީހުނަށް ހިތްހަމަޖެހުން ލިބޭކަހަލަ ތަންތަނަށް އެބަހަދައެވެ. މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރުމުން ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް މާލޭގައި ދިރިއުޅޭ މީހުން ހެދުމަށް ކުލޭ ބިންތައް ތަރައްގީ އެބަކުރެއެވެ. އާސަހަރާ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވާ ހުއްޓިފައި އޮތް އާސަހަރާގައި ޖަނާޒާތައް ބޭއްވޭގޮތް ހަދައިފިއެވެ. ކައުންސިލްގެ ހަރަދާއި މަސައްކަތުން ކެޓް ޝެލްޓަރ ވެސް އެހުރީ ހަދާފައެވެ. 
ތަފާތު ފިކުރުގެ މީހުންނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ނެތްނަމަ ފޮޓޯ ނަގަންވެސް ގިނިކަންޏާ އެކަންކަމެއް ނުކުރެއްވޭނެއެވެ. އާޒިމް ނަންގަވާ ފޮޓޯގައި އިޝާން ނުހުންނަނީ އިޝާންގެ އެ ހިއްވަރު ނެތީމައެވެ. އިޝާން ކަހަލަ ކައުންސިލަރުން ފަހަތު ފަޔަށް ބުރަވެގެން އާދަމް އާޒިމް ހުއްޓުވަން ޖަހާ ސަކަރާތަކަށް ބަލާވަރަށްވުރެ އާޒިމްގެ ކުޅަދާނަކަމާއި ކެރުމާއި ހިތްވަރާއި ހުންނާނެއެވެ. އެކަން އާޒިމް އެގެންދަވަނީ ސާބިތު ކޮށްދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ