މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ދިވެހިރާއްޖޭގެ އަމިއްލަ ބްރޭންޑް “ފްރޮމް މޯލްޑިވްސް” އިފްތިތާހްކޮށްފިއެވެ.
އިނގިރޭސި ވިލާތުގައި ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރަސްމީކޮށް މި ބްރޭންޑް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ފްރޮމް މޯލްޑިވްސް” ގެ މަޤްޞަދަކީ ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާ ގުޅުވާލުމެވެ. އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ފައިދާ މުޖުތަމައަށް ކުރާނެ ކަން ކަށަވަރު ކުރުމެވެ. ބްރޭންޑްގެ އަމާޒަކީ ވިޔަފާރީގެ ފައިދާއާއި ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން ކުރިއަށް އޮތް އަހަރުތަކަށް ގެނެސްދިނުމެވެ.
ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ޤުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ލޯގޯއެއް އެކުލެވޭ މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖްތިމާޢީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާޢަތެއްކަމެވެ.
މީގެ އިތުރުން ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަޤާފީ މުއްސަނދިކަންވެސް މި ބްރޭންޑުން ދައްކުވައިދެއެވެ. އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ދުނިޔޭގެ މަހުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ އެކު ތަރައްޤީވަމުންދާ، ބާޒާރުން ކަނޑައަޅާ މިންގަނޑުތައް ބަލައިގަންނަ ސިނާޢަތެއްކަންވެސް މި ބްރޭޑްއިން ރަމްޒުކޮށްދެއެވެ.
ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ މީހުންނަށް ބައިނަލްއަގްވާމީ ބާޒާރުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ހުޅުވިގެންދާނެއެވެ.
ފްރޮމް މޯލްޑިވްސް މި ބްރޭންޑަކީ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ގެ އުފެއްދުމެކެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން ނާރސަރީއެއް ގާއިމުކުރަނީ މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ހުޅުމާލޭގައި ފަށައިފި ފުލުހުން އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ހިފަހައްޓައިފި އެކްސިޑެންޓުވި 40 އަހަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ