ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ސަރުކާރުން ހުޅުވައިލުމުގެ ހަ އަހަރު ކުރިން ވަރިވެފައި ތިބި ދެ މީހަކު މިހާރު ވެސް ކައިވެނި ކޮށްގެން އުޅޭ ކަމަށް ބަލައި އެ ތަނުން އެކަކު ފްލެޓު ދޫކޮށްލަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ.
ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އެ މީހުންނަށް މިނިސްޓްރީން ފޮނުވާފައިވާ ނޯޓިސްގައި ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދެމަފިރިން ވަކިން އެޕްލިކޭޝަން ހުށަހަޅައި ދެމަފިރިންނަށް ވަކިން ފްލެޓު ލިބޭ ހާލަތުގައި އެ ސްކީމުގެ ދަށުން ފްލެޓު ދޫކުރުމަށް ހަމަޖެހިފައި ވަނީ ދެމަފިރިންގެ ތެރެއިން އެކަކަށް ކަމަށެވެ.
އެހެންކަމުން އެ ދެ މީހުންގެ ތެރެއިން އެކަކު ފްލެޓު ދޫކޮށްލުމަށް ހައުސިން މިނިސްޓްރީގެ ނޯޓިސްގައި އަންގާފައިވެ އެވެ.
ނަމަވެސް އެ ދެ މީހުންނަކީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލިއިރު ވެސް ވަރިވެފައި ތިބި ދެ މީހުން ކަމަށް އޭގެތެރެއިން އަންހެން މީހާ އަދަދު އަށް މައުލޫމާތު ދިނެވެ.
"އޭރުގައި [ފްލެޓަށް] އެޕްލައި ކުރިއިރު ވެސް ހަ އަހަރު ވެއްޖެ ވަރިވިތާ، 2016 ގައި ޑިވޯސްވީ 2022 ގައި ފޯމު ލީ، އެހެންވީމަ ސިކްސް އިޔާސް އެއްނު އެވީ،" އޭނާ ބުންޏެވެ.
އެ ދެ މީހުން ކައިވެނި ކޮށްގެން އުޅޭ ކަމަށް ބަލައި، އޭނާގެ ކުރީގެ ފިރިމީހާއަށް ވެސް ހަމަ އެ މެސެޖު ހައުސިން މިނިސްޓްރީން ފޮނުވާފައިވާ ކަމަށް އެ އަންހެން މީހާ ބުންޏެވެ.
އެ ދެ މީހުންގެ ތެރެއިން އަންހެން މީހާ ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓުމެންޓަށެވެ. ފިރިހެން މީހާ ކުރިމަތި ލީ ތިން ކޮޓަރީގެ އެޕާޓުމެންޓަށެވެ. ސަރުކާރުން ކަނޑައެޅި ވަރަށްވުރެ މަތިން އެ ދެ މީހުންނަށް ވެސް ވަނީ ޕޮއިންޓު ލިބިފަ އެވެ. އަދި މިދިޔަ ސަރުކާރުން އާންމުކުރި ފުރަތަމަ ފްލެޓު ލިބޭ 4000 މީހުންގެ ތެރޭގައި ވެސް އެ ދެ މީހުން ހިމެނުނެވެ.
"މި މެސެޖު އައިއިރުގައި ނުވަ އަހަރު ވެއްޖެ ވަރިވިތާ، އޭރު އޭނަ ވެސް [ކުރީގެ ފިރިމީހާ] އެހެން މީހަކާ އިނދެގެން ދަރިއަކު ވެސް ލިބިއްޖެ، އަހަރެން ވެސް އެހެން މީހަކާ އިނދެއްޖައިން،" އޭނާ ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ލިސްޓު ރީއިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ އެތައް ދުވަހެއް ވެއަތު ކުރުމަށްފަހު މި ސަރުކާރުން ނިންމާފައި ވަނީ މިދިޔަ ސަރުކާރުގައި އެކުލަވައިލި 4000 މީހުންގެ ލިސްޓަށް ފްލެޓު ދިނުމަށެވެ.
އެގޮތުން މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ފްލެޓު ލިބޭ މީހުންގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރަމުންދާއިރު، މިހައިތަނަށް އަދި ސޮއިކޮށްފައި ވަނީ 1200 އެއްހައި އެއްބަސްވުމުގަ އެވެ.
ފްލެޓު ހަވާލު ކުރުމުގެ އެގްރިމެންޓު ސަރުކާރުން ފަރުމާކޮށްފައި ވަނީ ވަރަށް ނުރައްކާތެރިކޮށް ކަމަށް، ފްލެޓު ލިބުނު މީހުންގެ ހައްގުތައް ރައްކާތެރިކަން މަސައްކަތް ކުރާ ފަހި ޔޫނިއަން ޖަމިއްޔާއިން ބުނެ އެވެ. އެގްރިމެންޓު ހަދާފައި ވަނީ، ކިތަންމެ ގިނަ ދުވަހަކު ކުލި ދެއްކުމަށްފަހު ވެސް ޕޭމަންޓެއް ނުދެއްކިއްޖެ ނަމަ ފްލެޓު އަތުލެވޭ ގޮތަށެވެ.
އޭގެ އިތުރުން، ފްލެޓަށް ކޮންމެ މަހެއްގެ 10 ގެ ކުރިން ކުލި ނުދެއްކިއްޖެ ނަމަ ޖޫރިމަނާތަކެއް އަރާ ގޮތަށް ވެސް ވަނީ އެގްރިމެންޓުގައި ހިމަނައިފަ އެވެ.
މީގެ ނުވަ އަހަރު ކުރިން ވަރިވެފައި ތިބި ދެ މީހުން އަދިވެސް ކައިވެނި ކޮށްގެން އުޅޭކަމަށް ބަލައި އެކަކު ފްލެޓު ދޫކޮށްލަން އަންގައިފި މީގެ ނުވަ އަހަރު ކުރިން ވަރިވެފައި ތިބި ދެ މީހުން އަދިވެސް ކައިވެނި ކޮށްގެން އުޅޭކަމަށް ބަލައި އެކަކު ފްލެޓު ދޫކޮށްލަން އަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ