ޔުނިވާސަލް ފައުންޑޭޝަންގެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި ޔުނިވާސަލް ފައުންޑޭޝަންގެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެެންމެ ކާމިޔާބު އެއް ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް ލިމިޓެޑްގެ ހަރަދުގައި ކިޔެވުމަށް ފަސް ދާއިރާއަކުން 37 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެގޮތުން އެ ކުންފުނީގެ ފައުންޑޭޝަން ކަމަށްވާ ޔުނިވާސަލް ފައުންޑޭޝަނުން ވަނީ ސިއްހީ ދާއިރާ، އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު، ހޮސްޕިޓާލިޓީ ދާއިރާ އަދި ކަލިނަރީ އާޓްސް ފަދަ ދާއިރާތަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސްކޮލާޝިޕަށް ހުޅުވާލާފަ އެވެ.
ހެލްތުކެއާ މެނޭޖުމަންޓުގެ ދާއިރާއިން މާސްޓާސް ޑިގްރީ ފުރިހަމަ ކުރުމުގެ ދެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ގެ ދާއިރާއިން ބެޗެލާސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ދެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
މި ފުރުސަތުތައް ދޭން ނިންމާފައި ވަނީ މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލޭންޑް، ނޭޕާލް، ފިލިޕީންސް، ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާގެ ޔުނިވާސިޓީތަކުންނެވެ.
އޭގެ އިތުރުން، ދިވެހި ޑޮކްޓަރުންނަށް ސްޕެޝަލައިޒް ވުމުގެ ތިން ސްކޮލާޝިޕަށް ވަނީ ހުޅުވާލާފަ އެވެ. މި ފުރުސަތުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖޫން 30، އެވެ.
ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖު ގުޅިގެން ކުރިއަށްގެންދާ ޑިސްކަވާ ހޮސްޕިޓާލިޓީ ޕްރޮގްރާމްގެ 30 ފުރުސަތަށް ކުރިމަތިލުމުގެ ސުންގަޑި ވެސް ޖޫން 30، އަށް ހަމަވާނެ އެވެ.
އަދި ސެޕްޓެމްބަރު 2025، ގައި ފަށާ ސެޓިފިކެޓް 3 އިން ކަލިނަރީ އާޓްސްގެ 10 ޖާގައަށް ކުރިމަތިލާން ވެސް އެ ފައުންޑޭޝަނުން ވަނީ ހުޅުވާލާފަ އެވެ.
މިއީ ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދާ ކޯހެއް ކަމަށްވާއިރު އަމަލީ ތަޖުރިބާ ހޯދުމަށް ޔުނިވާސަލްގެ ރިސޯޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ގައުމީ ތަރައްގީއަށް ހިދުމަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭން ބޭރުގައި ކިޔެވުމުގެ 100 އަށްވުރެ ގިނަ ފުރުސަތު ޔުނިވާސަލް ފައުންޑޭޝަނުން ވަނީ ފަހިކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ