ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުން މިއަދު "ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" ފާސްކޮށްފިއެވެ. މި ބިލު ފާސްވެފައިވަނީ މަޖިލީހުގެ 55 މެންބަރުންގެ ވޯޓުންނެވެ.މި ބިލަކީ ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށާއި، އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމަށް ހުށަހެޅިފައިވާ ބިލެކެވެ. ބިލުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.ބިލުގެ ދަށުން އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަށް 25 އަހަރުގެ ޖަލު ހުކުމަކާއެކު 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުޑަކުދިން ގޭންގަށް ރެކްރޫޓްކުރުމަށްވެސް ހަމަ މި އަދަބު ކަނޑައެޅިފައިވެއެވެ.ިވެއެވެ.މީގެ އިތުރުން، ބިލުގައި ތޫނު އެއްޗެހި އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހުން މެރުމާއި، މާރާމާރީ ހިންގުމާއި، ރަހީނުކުރުމާއި ބިރުދެއްކުމުގެ ކުށްތަކަށް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވެއެވެ. މީހަކު މަރާލުމުގެ ކުށަށް މަރުގެ އަދަބު ހިމެނިފައިވާކަން ފާހަގަކުރެވެއެވެ.ފުލުހުންނަށް މި ބިލުގެ ދަށުން އިތުރު ބާރުތަކެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ކޯޓު އަމުރަކާ ނުލައި ކުށުގެ ތުހުމަތުގައިވާ މީހުން ހުއްޓުވައި، ފާސްކޮށް، ހައްޔަރުކުރުމުގެ ބާރު ހިމެނެއެވެ.އަދި ކުށުގެ ވެށިން މީހުން ދުރުކޮށް، މުޖުތަމަޢަށް އަނބުރާ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ އުސޫލުތައްވެސް މި ބިލުގައި ހިމެނިފައިވެއެވެ. މިއީ ކުށްވެރިން އިޞްލާޙުކޮށް މުޖުތަމަޢަށް އަނބުރާ ގެނައުމަށް އަމާޒުކޮށްފައިވާ މުހިންމު ބައެއްކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ