ސަރުކާރުގެ ކުރިމަތީގައި ރާއްޖޭގެ އެންމެހައި ރައްޔިތުންވެސް ހަމަހަމަވާނެ ކަމަށާއި، އެއްވެސް ރައްޔިތަކާ މެދު، ހިދުމަތް ދިނުމުގައި ތަފާތު ކުރުމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހއ.ދިއްދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
”އަޅުގަނޑުމެން ހިދުމަތްދޭއިރުގަ، އެއްވެސް ތަފާތެއް ނުކުރަން. ހިޔާލު ތަފާތު ވެދާނެ، ތަފާތު ހިޔާލު ފާޅު ވެސް ކުރައްވަންވީ.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ގާނޫނު އަސާސީގައި އެއްވެ އުޅުމާއި، ހިޔާލުފާޅުކުރުގެ މިނިވަންކަން ލިބިދީފައި އޮންނައިރު، އެމަނިކުފާނު ގަބޫލުފުޅު ކުރައްވަވާ ސިޔާސަތަކީ، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް އޭގެ އެންމެ ފުރިހަމައަށް ލިބިދީފައި އޮތުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”އެއީ މި ސަރުކާރުން ތަންފީޒު ކުރާނެ ސިޔާސަތަކީ.“ ރައީީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ވެސް މި ސަރުކާރުން ގާނޫނުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.
ސަރުކާރަށް ހުރިހާ ރައްޔިތުން ވެސް ހަމަހަމަ، ތަފާތު ކުރުމެއް ނޯންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ