އޭއޯ ރޯދައިގެބަދިގެ: ކޮންޑެންސްޑް މިލްކް ޓްރަފުލްސް އޭއޯ ރޯދައިގެބަދިގެ: މިކްސްޑް ބެރީސް ސްމޫތީ އޭއޯ ރޯދައިގެބަދިގެ: ސޯއި ގާލިކް ޗިކެން ރެސިޕީ: ކުކުޅު ބިރިޔާނީ މަގުބޫލު ލިޔުންތައް ފުވައްމުލަކުގެ ސްކޫލެއްގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވަން 3 ގަޑިއިރަށް ވެފަ

​އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ ބާރަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “ފަލޫދާ ”ތައްޔާރު ކުރާނެގޮތެވެ.
ބޭނުންވާތަކެތި:
1/2 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ޖެލީ (ފިޔާތޮށި ކުލަ ނުވަތަ ބޭނުން ކުލައެއް)
3 މޭޒުމަތީ ސަމްސާ ފޯކޮށްފައި ހުރި އިސްޕަގުލު
1/4 ޖޯޑު ވާމިސެލި ނޫޑުލްސް (ކައްކާފައި)
2 ސައި ސަމުސާ ނަޓްސް
4 މޭޒުމަތީ ސަމްސާ ގެރިކިރު
1 ސްކޫޕް ވެނީލާ އައިސްކްރީމް
ރޯސްސިރަޕް (ފިޔާތޮށި ކުލަ ހިފާވަރަށް)
އައިސްފެން
ތައްޔާރުކުރާނެގޮތް:
ފުރަތަމަ ކިރާއި ފެން އަދި ރޯސްސިރަޕް މިކްސްޗަރަށް އަޅާފައި ގިރާލާށެވެ. އެއަށް ފަހު ތައްޓަކަށް އަޅާފައި އިސްޕަގުލު އަދި ވާމިސެލީ އެއްކޮށްލާނީއެވެ. ދެން އައިސްކްރީމް އަޅާފައި ޖެލީކޮޅު އަދި ނަޓްސް މައްޗަށް އަަޅާލުމުން އެހެރީ ފަލޫދާ ތައްޔާރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ