ހަންގޭރީގައި ކުރިއަށް ދިޔަ އެ ގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ގައުމީ ފިރިހެން ފެތުންތެރިޔާ، މުހައްމަދު އާން ހުސެއިން، ރާއްޖޭގެ ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
ފަަހަކަށް އައިސް ގިނަ ގައުމީ ރެކޯޑްތަކެއް ހަދަމުން އަންނަ، އާން ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑް އާކޮށްފައިވަނީ 00.26.77 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު 59 ވަނަ މައިލޯ/އެމްއޭއެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގަ އެވެ. އެ ފަހަރު މި ރެކޯޑް ހެދީ މުހައްމަދު ރިހާން ޝިހާމް އެވެ. އެ މުބާރާތުގައި ރިހާން ރޭސް ފުރިހަމަކޮށްފައިވަނީ 00.26.98 އިންނެވެ.
ބޮޑު އަނިޔާ އަކުން ރިކަވާވެގެން ފެތުމުގެ ތެރެއަށް އަނެއްކާ ވެސް އެނބުރި އައި އާން ވަނީ މިދިޔަ އަހަރު ޕެރިހުގައި ކުރިއަށްދިޔަ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުގައި ނޮވެމްބަރާއި ޑިސެމްބަރު މަހު ހަންގޭރީގައި ކުރިއަށްދިޔަ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް އަާން ވަނީ ގައުމީ ރެކޯޑްތަކެއް އާ ކޮށްފަ އެވެ. އެ ގޮތުން، ހަންގޭރީ މުބާރާތްތަކުގައި އާން ވަނީ ޖުމްލަ އެކު، ނުވަ ގައުމީ ރެކޯޑެއް އާ ކޮށްފަ އެވެ. އޭގެ ތެރޭގައި އެއް އިވެންޓްތަކެއްގެ ރެކޯޑް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ގާތްގާތުގައި ވަނީ އާ ކޮށްފަ އެވެ.
ހަންގޭރީ މުބާރާތުގައި އާން އަށް ރާއްޖޭގެ ގައުމީ ރެކޯޑެއް ހަންގޭރީ މުބާރާތުގައި އާން އަށް ރާއްޖޭގެ ގައުމީ ރެކޯޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ