ދިރާގުން މޯލްޑިވްސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް

މޯލްޑިވްސް އެކްސްޕޯ 2025ގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މާދަމާ އިން ފެށިގެން މި މަހުގެ ނިޔަަލަށް މި އެކްސްޕޯ ބާއްވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
ތަފްސީލް - މިއީ، އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ބާއްވާ އެކްސޯއެކެވެ.
މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ ހުނަރާއި ފަންނުވެރިކަން އަދި އުފެއްދުންތަކާއި ހިދުމަތްތައް ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.
މި އެކްސްޕޯގެ އެންމެ ފާހަގަކޮށްލެވޭ ފެނިލުމަކަށް ވެގެންދާނީ ކޮންމެ އަހަރަކު ވެސް ބާއްވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒެވެ. މި މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހިންގެ އަތްތެރި މަސައްކަތްތަކާއި އެހެނިހެން ހުނަރުވެރި މަސައްކަތްތައް ފެނިގެންދާނެ އެވެ.ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ އެކި ދާއިރާތަކުގައި ދިވެހިން ކުރިއަރުވައި ދިވެހިންގެ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދޭ ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވެ އެއްބާރުލުންދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ