އެސްޓީއޯއިން ކްރެޑިޓަށް މުދާ ނެގޭ ގޮތް ހަދައި ޑިސްކައުންޓް ދެނީ

އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ތިން ޕްރޮމޯޝަން ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯއިން ބުނާ ގޮތުގައި، އެއީ ކެފޭތަކާއި ރެސްޓޯރެންޓަކާއި ކްރެޑިޓް އޮފާ އަދި އެޕާޓްމަންޓްތަކަށް ބަދަލުވާ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަންތަކެކެވެ.
ޕްރޮމޯޝަން ކުރިއަށްދާނީ 3 މަހަށް
ޕްރޮމޯޝަނަށް ހާއްސަ ފޯމު ފުރާލުމުން ރެސްޓޯރެންޓްތަކާއި ކެފޭތަކަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ
ޕްރޮމޯޝަންގައި އެންމެ ގިނައިން ވިޔަފާރިކުރާ ތަނަކަށް 150،000ރ.ގެ ކްރެޑިޓް
2 ވަނަ އިނާމު - 100،000ރ.ގެ ކްރެޑިޓް
3 ވަނަ އިނާމު - 75،000ރ.ގެ ކްރެޑިޓް
ބާކީ 7 ތަނަށް - 50،000ރ.ގެ ކްރެޑިޓް
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން ކުރާ ވިޔަފާރިތަކަށެވެ.
ހޯލްސޭލް ވިޔަފާރިތަކަށް އަމާޒުކޮށްފައިވާ މި އޮފާ ނުވަތަ ޕްރޮމޯޝަންގެ ތެރެއިން އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ކްރެޑިޓަށް މުދާ ނެގުމާއި އެ ތަނުގެ އެޖެންޓަކަށް ވުމުގެ ފުރުސަތު ލިބޭނެ އެވެ.
އޮފާ ކުރިއަށްދާނީ 3 މަހަށް
އެ މުއްދަތުގައި ކްރެޑިޓަށް މުދާ ނަގައިގެން އަދި އެޖެންޓެއްގެ ގޮތުގައި ވިޔަފާރިކުރާ ތަންތަނުގެ މެދުގައި ލަކީޑްރޯއެއް ނަގާނެ
1 ވަނަ އިނާމަކަށް 100،000ރ.ގެ ކްރެޑިޓް
2 ވަނަ އިނާމަކަށް 75،000ރ.ގެ ކްރެޑިޓް
3 ވަނަ އިނާމަކަށް 50،000ރ.ގެ ކްރެޑިޓް
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން ކުރާ ވިޔަފާރިތަކަށެވެ.
ހުޅުމާލެ އަދި މާލޭގައި ހަދަމުންދާ އެޕާޓުމަންޓުތަކަށް ބަދަލުވާ
މީހުންނަށް އަމާޒުކޮށްފައިވާ މި އޮފާގައި ހިމެނެނީ އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ވިއްކާ ހޯމް އެޕްލަޔަންސްގެ އެކި ބާވަތްތަކެވެ.
ޕްރޮމޯޝަންގެ ތަފްސީލު:
15،000ރ. އާއި 25،000ރ.އާ ދެމެދުން ކުރާ ވިޔަފާރިތަކަށް %12 ޑިސްކައުންޓު
25،000ރ. އާއި 35،000ރ.އާ ދެމެދުން ކުރާ ވިޔަފާރިތަކަށް %15 ޑިސްކައުންޓު
35،000ރ.އިން މަތިން ކުރާ ވިޔަފާރިތަކަށް %18 ޑިސްކައުންޓު
ހިޓާޗީ އެއާކޮންޑިޝަނާތަކުން %2.5ގެ ޑިސްކައުންޓެއް
އެޕާޓްމަންޓް އޮފާގެ ދަށުން މުދާ ގަންނައިރު ޑިސްކައުންޓް ލިބޭނީ އެޕާޓްމަންޓް ލިބުނުކަމުގެ ލިޔުމެއް ދެއްކުމުންނެވެ. އަދި އެ އޮފާ ކުރިއަށްދާނީ މި އަހަރުގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ