ރާއްޖޭގައި ނެތް އިސްލާމީ ގިނަ ދާއިރާތަކަކުން ކިޔަވަން ދޭ އެހީއަށް ހުޅުވާލައިފި

ރާއްޖޭގައި ނެތް އަދި މަދު އިސްލާމީ އެކި ދާއިރާތަކުން، މަތީ ތައުލީމް ހާސިލް ކުރުމަށް ޒަކާތު ފަންޑުގެ ދަށުން ދޭ އެހީއަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާއްޖެ އާއި ރާއްޖޭން ބޭރުން ކިޔެވުމަށް 50 ފުރުސަތަކަށް ވަނީ ހުޅުވާލާފަ އެވެ. އެއީ ރާއްޖޭގައި ކިޔެވުމަށް ދޭ 20 ފުރުސަތާއި ބޭރުން ކިޔެވުމަށް ދޭ 30 ފުރުސަތެވެ.
ތަފްސީލު - އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖޭގައި ކިޔެވުމަށް ފުރުސަތު ދެނީ ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީންނެވެ.
މުޅިން ވެސް މާސްޓާސް ލެވެލްގެ ކޯސްތައް ހިމެނޭ މި ސްކޮލަޝިޕް ދޭ ދާއިރާތަކަކީ:
ގުރުއާނިކް ސައިންސް
އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
އިސްލާމިކް ފައިނޭންސް
ޝަރީއާ
އިސްލާމިކް އިސްޓަޑީޒް
ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ދީފައިވަނީ މެލޭޝިއާ އާއި ބުރުނާއީ އާއި ސައުދީ އަރަބިއްޔާ އަދި މިސްރުގެ އިތުރުން ސާކްގެ ގައުމުތަކުންނެވެ. ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު، މީގެ ދަށުން ދެ އެވެ.
އެހީދޭ ބައެއް ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް
ގުރުއާނިކް އެންޑް ސުންނަ ސްޓަޑީޒް
އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް
އިސްލާމިކް އެޑިއުކޭޝަން
އިސްލާމިކް ސައިންސް
އިސްލާމިކް ފައިނޭންސް
އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެންޕަރަރީ އިޝޫޒް
ޕީއެޗްޑީއަށް ކިޔަވަަން ފުރުސަތު ދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
ޝަރީއާ އެންޑް ޖުޑިޝަރީ
އިސްލާމިކް ސައިންސް
ދައުވާ އެންޑް އިސްލާމިކް މެނޭޖްމެންޓް
ގުރުއާނިކް އެންޑް ސުންނަ ސްޓަޑީޒް
އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް
ޝަރީއާ އެންޑް ލޯ
އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެންޕަރަރީ އިޝޫޒް
ވަކި ހާއްސަ މާއްދާތަކެއް ހިމެނޭ، އެހެން ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށް ވެސް އެހީތެރިވާން ވަނީ ނިންމާފަ އެވެ. އެހީގެ ގޮތުގައި ދެނީ، ދަރިވަރުން ކިޔަވަމުން އަންނަ މަރުކަޒަކުން ދޭ ހަރަދުތައް ފިޔަވައި އެހެން ހަރަދުތައް ހަމަޖެއްސުމަށް، ސްޓައިޕެންޑް ގޮތުގައި ދޭ 10 ފުރުސަތެވެ. އެ މާއްދާތަކަކީ:
ޝަރީއާ
އަލްގަލާ
ތަފްސީރު
ހަދީސް
އަރަބި
އުސޫލުއްދީން
އިސްލާމީ މާއްދާތައް
އޭގެ އިތުރުން، ސުޕަ ސްޕެޝަލައިޒޭޝަންގެ ޔޫރޮލޮޖީ/ޔޫރޮލޮޖިކަލް ސާޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީގެ ކޮންމެ ދާއިރާއަކުން ވެސް ފުރުސަތަކަށް ހުޅުވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ