ރަސްދޫގެއެއްގައި ރޯވެ ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ

އއ. ރަސްދޫގެއެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއް ގައި ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ފިހިފައި ވަނީ އަލިފާނުގެ ހާދިސާ ހިނގި ކޮޓަރީގައި އުޅުނު ދެމަފިރިއެކެވެ. ރަސްދޫ ކައުންސިލުން ބުނީ އެ ދެމަފިރީންގެ ހަށިގަނޑުން ބައެއް ފިހިފައިވާ ކަމަށެވެ.
އަދި އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.
Advertisement
އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ބަލަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ