ނަމާދަށް ހުންނައިރު ދަރިން އައިސް އުނދަގޫކުރާނަމަ ދުރުކުރުމަކުން ނަމާދަށް އެއްވެސް އުނިކަމެއް ނުއަންނާނެކަން ޙަދީޘުން!

ނަމާދުކުރާ ވަޤުތު ދަރިން ބަލައިދޭނެ މީހަކު ނެތްނަމަ ނަމާދުކުރުން ލަސްކުރުމާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެހެންކަމުން ބުނެލަން އޮތީ ބަލައިދޭނެ މީހަކު ނެތްނަމަ ގޮވައިގެން ނަމާދުކުރާށެވެ!
ބައެއް ބެލެނިވެރިންނަށް ވިސްނިފައި އޮންނަނީ ނަމާދަށް ހުއްޓައި ދަރިއަކު އުނދަގޫކުރުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އެގޮތަށް ނުވިސްނާށެވެ. ސުންނަތުގައި އޮތް ގޮތަށް ޢަމަލުކުރާށެވެ! 
ނަމާދަށް ހުންނައިރު ދަރިން އައިސް އުނދަގޫކުރިނަމަވެސް ދުރުނުކުރާށެވެ. ދަރިން ގޮވައިގެން ނަމާދުކުރާށެވެ. ދުރުގައި ބަހައްޓަންޖެހޭ ޙާލަތުގައި ދުރުކުރުމަކުން ނަމާދަށް އެއްވެސް އުނިކަމެއް ނުއަންނާނެއެވެ. 
ރަސޫލް ﷺ އިތުރުއެކަލޭގެފާނުގެ ކާފަދަރިކަލުން ކަމުގައިވާ ޙަސަނުގެފާނާއި ޙުސައިންގެފާނު ގޮވައިގެން ނަމާދުކުރެއްވެވިއެވެ. ސަޖިދައަށް އޮންނަވާއިރު ބޯފުޅުގައި އެބޭފުޅުން އިށީނދެވަޑައިގެން ހައްދަވައެވެ. ބުރަކަށިފުޅުމައްޗަށް އަރާވަޑައިގެން ފުންމަވައި ހައްދަވައެވެ. ތެދުވެވަޑައިގަންނަވަމުން މަޑުމަޑުން ތެދުވެވަޑައިގެން އެބޭފުޅުން ދުރުގައި ބައިތިއްބަވައެވެ. އަދި ނަމާދުން އަވަދިވެވަޑައިގަތުމުން ފައިންޕުޅުމަތީގައި ބައިތިއްބަވައެވެ. 
މިކަމުން އެނގެނީ ކުދިން އުނދަގޫކުރި ނަމަވެސް ނަމާދުކުރަންވީ ގޮވައިގެން ކަމެވެ. އަދި ކުދިން ކުރާ ަކމެއްގެ ސަބަބުން ދުރުކުރަން ޖެހިގެން ދުރުކުރިނަމަވެސް އިތުރު ޙަރަކާތަކަށް ނުވާނެ ކަމެވެ. 
It is narrated that Abu Huraira (may Allah be pleased with him) said:
“we were praying ‘Isha` prayer with the Messenger of Allah -prayer and peace of Allah be upon him- when he prostrated Al-Hassan and Al-Hussain would jump on his back, when he rises with his head he picks them gently from the back and places them (on the floor) kindly, so when he returns (to prostration) they return to what they do, and when he ended his prayer he would put them on his thighs.”
[Declared good by Al-Albani 3325 Al-Silsila Al-Sahiha]   
«كنَّا نصلي مع رسول الله -صلَّى الله عليه وسلَّم- العشاء، فإذا سجد وثب الحسن والحسين على ظهره، وإذا رفع رأسه أخذهما بيده من خلفه أخذًا رفيقًا، فوضعهما وضعًا رفيقًا، فإذا عاد؛ عادا، فلما صلى وضعهما على فخذيه» حسنه الألباني 3325 في السّلسلة الصّحيحة   
މިފަދައިން ޢަމަލުކުރުމުން ކުދިންނަށް ފައިދާކުރާނެއެވެ. ބޮޑުވަމުން އަންނައިރު ނަމާދަށް ލޯބިއިތުރވާނެއެވެ. ނަމާދުކުރަން ޝައުޤުވެރިވާނެއެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ