މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއާތުގައި މާލޭ ސަރަހައްދުގެ ހަތަރު ސަރަހައްދެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި މިފަހަރުގެ އީދު ނަމާދު ކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ. އީދު ނަމާދު ފަށާނީ ހެނދުނު 7 ޖަހާއިރު އެވެ.
ތަފްސީލް - ބޮޑު ޖަމާއަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ:
މާލޭ މާފަންނު ސްޓޭޑިއަމް
ވިލިމާލޭ ފުޓްބޯޅަ ދަނޑު
ހުޅުމާލޭ ސިންތަޓިކް ޓްރެކް
ހުޅުމާލޭ ދެވަނަ ފިޔަވަހި ކްރިކެޓް ސްޓޭޑިއަމް
ބޮޑު ޖަމާއަތުގެ އިތުރުން އެހެން ފަހަރުތަކެކޭ އެއްގޮތަށް މާލެ ސަރަހައްދުގެ ބޮޑެތި މިސްކިތްތަކުގައި ވެސް އީދު ނަމާދުކުރާނެ އެވެ. މިފަހަރު އީދު ނަމާދު ޖުމްލަ 23 މިސްކިތެއްގައި ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ. އެއީ:
މާލޭގެ 17 މިސްކިތެއްގައި
ހުޅުމާލޭގެ 5 މިސްކިތެއްގައި
ވިލިމާލޭގެ 1 މިސްކިތުގައި
މޫސުން ގޯސްވުމާ ގުޅިގެން ބޮޑު ޖަމާތުގައި އީދު ނަމާދު ކުރެވޭ ގޮތް ނުވާ ނަމަ އީދު ނަމާދު ކުރާނީ މާލެ ސަރަހައްދުގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އީދު ނަމާދު ބޮޑު ޖަމާއާތުގައި ކުރުން މާލޭގެ 4 ސަރަހައްދެއްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ