އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި، ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލައިފި އެވެ.
ޔުމްނު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާއަށް ހަފްތާއެއް ވެފައިވާއިރު، އޭނާ ހޮސްޕިޓަލަށް ގެންގޮސް އެންމެ ކުރިން ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގައެވެ. ނަމަވެސް ހާލަތު ކުޑަކޮށް ރަނގަޅުވެ ވެންޓިލޭޓަރުން ނެގި އެވެ. ފަހުން ފަރުވާ ދިނީ އައިސީޔޫގަ އެވެ.
އަދި އިތުރު ފަރުވާއަށް އޭނާ މިރޭ ވަނީ މެލޭޝިޔާއަށް ފުރުވާލާފަ އެވެ.
Advertisement
ޔުމްނުއަށް ފަރުވާ ކުރުމަށް 800،000 ވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ދައުލަތުން ވަނީ އެންސްޕާ މެދުވެރިކޮށް 25،000 ޑޮލަރު ހަމަޖައްސާފަ އެވެ.
އަދި އާންމުންގެ އެހީތެރިކަން ހޯދަން މިރޭ ކުރިއަށް ގެންދިޔަ ހަރަކާތްތަކުން 700،000 ވުރެ ގިނަ ފައިސާ ވަނީ ހޯދާފަ އެވެ. އާއިލާ އިން ބުނާ ގޮތުން އާންމުންގެ އެހީއަށް އެދުނީ ދައުލަތުން އެ މިންވަރަށް ފައިސާ ނުލިބުމުންނެވެ.
ޔުމްނު މެލޭޝިޔާއަށް، ދައުލަތުން 25000 ޑޮލަރު، އާންމުން 700،000 ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ