މޯލްޑިވިއަން އެކަޑެމީ އޮފް ޑައިވިންގ ވަނީ މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ "ރެޖިސްޓަރޑް ޓްރެއިނިންގ އޯގަނައިޒޭޝަން (އާރްޓީއޯ)"އެއްގެގޮތުގައި ރަޖިސްޓްރީވެއްޖެއެވެ.
މޯލްޑިވިއަން އެކަޑެމީ އޮފް ޑައިވިންގ އަކީ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިންގ އިންސްޓްރަކްޓަރސް (ޕޭޑީ)އާއި ގުޅިގެން، ލައިފް ގާޑިންގ، ސްނޯކްލިންގ، ފަދަ ވޯޓަރ ސްޕޯޓްސް ދާއިރާއާއި ގުޅުންހުރި ތަމްރީނުތަށް ފޯރުކޮއްދެމުން އަންނަ އިންސްޓިޓިއުޓެކެވެ. މި ކޯސްތަށް ޤައުމީ ފެންވަރުގައި އާންމުންނަށް ފޯރުކޮއްދިނުމަށް އެ އިންސްޓިޓިއުޓް އިން ވަނީ އެމްއެންއެސްޑީއޭގެ އާރްޓީއޯއެއްގެ ގޮތުގައި ރަޖިސްޓްރީވެ، ލައިފް ގާޑިންގ އަދި ސްނޯކްލިންގ ގައިޑްއާއި ގުޅޭ ނޭޝަނަލް ސެޓްފިކެޓް ޕްރޮގްރާމްތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައެވެ.
މިފަދަ ޕްރޮގްރާމްތަށް ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔުމުގެ ސަބަބުން، ދިވެހިރާއްޖެއަށް މުޙިއްމު މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ބޭނުންވާ ޤާބިލް ޒުވާނުން ތަމްރީނުވުމުގެ އިތުރުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ވެސް ފަހިވެގެންދާނެއެވެ.
ހަބަރު: ސަރުކާރު
މޯލްޑިވިއަން ޑައިވިންގ އެކަޑެމީ އެމްއެންއެސްޑީއޭގައި ރަޖިސްޓްރީ ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ