ގޭބިސީތަކުގެ ކަރަންޓަށް ނަގާ އަގުތައް ކުޑަކުރަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.
ތަފްސީލް - ރައީސް މިރޭ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓު ކުޑަކޮށް އެކަން ތަންފީޒު ކުރުމަށް އަންގަވާފައިވާނެ ކަމަށެވެ.
ތަފްސީލް - މި ބަދަލާ އެކު، 600 ޔުނިޓުން މަތީގެ ބޭންޑުގެ ރޭޓު 4.25 ރުފިޔާއިން 3.83 ރުފިޔާއަށް ކުޑަވާނެ އެވެ.
ރައީސް ވިދާޅުވީ މި ބަދަލުތައް ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އަންގަވާފައިވާނެ ކަމަށެވެ.
ގޭބިސީތަކުގެ ކަރަންޓު އަގު ހެޔޮކުރަން ނިންމާފައި ވާއިރު ރާއްޖޭގައި ކަރަންޓުގެ އަގު ބޮޑު ކަމަށް އާންމުން ބުނެ އެވެ. ހާއްސަކޮށް ހޫނު ގަދަ ދުވަސްވަރު ކަރަންޓު ބިލު ބޮޑުކަމުގެ ޝަކުވާތައް ގިނަ އެވެ.
މި އަހަރުގެ ރޯދަ މަހު އަދި ޖެހިގެން އައި މަހު ވެސް ކަރަންޓު ބިލުތަކުން %10ގެ ޑިސްކައުންޓު ދިނެވެ.
އަންނަ މަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓުގެ އަގު ހެޔޮކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ