19 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަށް 3 ކުންފުންޏަކާއި ޙަވާލުކޮށްފި

ރާއްޖޭގެ 19 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަށް ސަރުކާރު ހިއްސާވާ 3 ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރްޑީސީ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި ފެނަކަ ކޯޕަރޭޝަނާއެވެ.ތަޢުލީމީ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ.ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފައިވަނީ އެންމެ ގިނަ 12 ރަށެއްގެ ސުކޫލްތަކުގެ މަސައްކަތެވެ. މީގެ ތެރޭގައި ގއ. ކަނޑުހުޅުދޫ، ހދ. ވައިކަރަދޫ، ތ. ވޭމަންޑޫ، ތ. އޮމަދޫ، ށ. ފީވަށް، ށ. ގޮއިދޫ، ލ. ކުނަހަންދޫ، ގއ. ކޮނޑޭ، ފ. ބިލެއްދޫ، ފ. ފީއަލީ، ބ. ފުޅަދޫ އަދި ބ. ގޮއިދޫ ހިމެނެއެވެ.އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 4 ރަށެއްގެ ސުކޫލްތަކުގެ މަސައްކަތެވެ. އެއީ ރ. އުނގޫފާރު، ހއ. އުލިގަމު، ކ. މާފުށި އަދި ވ. ފުލިދޫއެވެ. އަދި އާރްޑީސީއާ ޙަވާލުކޮށްފައިވަނީ ހއ. ފިއްލަދޫ އަދި ރ. ހުޅުދުއްފާރުގެ ސުކޫލްތަކުގެ މަސައްކަތެވެ.މި މަސައްކަތްތައް މި ކުންފުނިތަކާ ޙަވާލުކޮށްފައިވަނީ އަތޮޅުތަކުގެ ސުކޫލްތަކުގެ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، ދަރިވަރުންނަށް ރަނގަޅު ތަޢުލީމީ މާޙައުލެއް ޤާއިމުކޮށްދިނުމުޮށްދިނުމުގެ މަޤްޞަދުގައި ކަމަށް ތަޢުލީމީ ވުޒާރާއިން ބުނެފައިވެއެވެ.ތަޢުލީމީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ މި މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް ކުންފުނިތަކަށް އަންގާފައިވާ ކަމަށެވެ. އަދި މި މަސައްކަތްތައް ނިމުމުން އަތޮޅުތަކުގެ ސުކޫލްތަކުގެ ވަސީލަތްތައް އިތުރުވެ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ