މެމްބަރު ނިހާދު އާއި މެމްބަރު ޝަރީފުއަށް ބަޔަކު ހަމަލާދީފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އާއި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ބަޔަކު ހަމަލާދީފިއެވެ.
ފުލުހުން ބުނީ، މެމްބަރު ނިހާދު ގައިގައި ޖަހާފައިވާ މައްސަލައެއް މިއަދު 11:45 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ނިހާދުއަށް ހަމަލާދީފައި ވަނީ އައްޑޫގައި ހަރަކާތްތެރިވަމުން ދަނިކޮށް ގްރޫޕަކުން އައިސްއެވެ. އޭނާއަށް ހަމަލާ ދިނުމުގެ ސަބަބުން ފޭދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެމުންނެވެ.
މީގެއިތުރުން ފުލުހުން ބުނީ، މެންހަޓަން ބިޒްނަސް ހޮޓެލް ތެރޭގައި ހުއްޓާ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފަށް ބަޔަކު ހަމަލާދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ޝަރީފްގެ މޫނަށް ވަނީ ޒަހަމްތަކެއް ލިބިފައެވެ. އަދި މޫނުގެ ވައަތް ފަރާތް ވަނީ ވަރަށް ބޮޑަށް ދުޅަވެސް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ