ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ކުރިއަށް ގެންދާ ހަނގުރާމައަށް ހަފުތާއެއް ވެގެން ދިޔައިރު، މިއީ އަދި ފެށުމެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ބުނެފި އެވެ.
މިދިޔަ ހޮނިހިރު ‘އަލް-އަގްސާ ތޫފާން’ގެ ނަމުގައި ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ފެށި އޮޕަރޭޝަންގެ ބަދަލު ހިފުމެއް ކަމަށް ބުނެ، އިޒްރޭލުން ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުގައި މިހާތަނަށް ފަލަސްތީނުގެ 1،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި 7،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
ނަތަންހާޔޫ ދިން ބަޔާނެއްގައި ބުނީ، ދުޝްމަނުންނާ ކުރިމަތިލަމުން މިދަނީ މީގެ ކުރިން ނުފެންނަވަރުގެ ވަރުގަދަކަމާއެކު ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށްވެސް ބުންޏެވެ.
ކުރިއަށް އޮތް ތަނުގައި އިޒްރޭލުން ކަންތައް ކުރާނެ ގޮތެއް އަދި މި ހަނގުރާމަ ދެމިގެންދާނީ ކިހާ ދުވަހަކަށް ކަމެއް އޭނާ ނުބުނި ނަމަވެސް ހަމާސް ޖަމާއަތުގެ ކޮންމެ މެންބަރަކީ މަރުވެފައިވާ މީހެއް ކަމަށާއި ހަނގުރާމަ ހުއްޓާނީ ހަމާސްގެ އެންމެން މަރާލާފައިވާ ކަމަށް ނަތަންޔާހޫ ކުރިން ބުނެފައިވެ އެވެ.
ފަލަސްތީންގެ 1،800 މީހުން ޝަހީދު ކޮށްލުމަށްފަހު ނެތަންޔާހޫ ބުނީ މިއީ އަދި ފެށުމެއް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ