ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ޖަލްސާތަކުގައި ބައިވެރިނުވާ ހާލަތްތަކުގައިވެސް ޖަލްސާ ކުރިއަށް ގެންދެވޭނެކަމުގައި ސުޕްރީމް ކޯޓުން ދެންމެ ކަނޑައަޅައިފިއެވެ.
އެ ކޯޓުން މިގޮތަށް ކަނޑައަޅާ ހުކުމް ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި އޮތުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވޭތީ މަޖިލީހުގެ އެހެން މެމްބަރަކު ރިޔާސަތުގައި އިންނަވައިގެން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގާ ހުކުމް އިއްވަމުންނެވެ.
އެ ނިންމުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ ކޯޓުގެ ބެންޗުގެ އިއްތިފާގުންނެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްސަލަ ހުށަހެޅިފައިވީނަމަވެސް އިތުރު މައްސަލައެއް އިތުރު މަސައްކަތެއް މަޖިލީހުގައި ކުރިއަށް ނުގެންދެވި އޮންނަ އޮތުންވެސް ގޯސް ކަމުގައްޔާއި އެ މައްސަލަ އޮތް ނަމަވެސް އެހެން ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގައިވެސް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ނިންމާފައިވެއެވެ. މިގޮތަށް ނިންމީ ފަނޑިޔާރު މަހާޒް އަލީ ފިޔަވާ ދެން ތިއްބެވި ފަނޑިޔާރުންގެ އަގުލައްބިއްޔަތުންނެވެ.
ތަފްސީލް އަންނަނީ…
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "ac95373213b0858df06313ab3e97d499" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
މަޖިލީހުގެ ނައިބު ރައީސް ނެތަސް ރައީސް ވަކި ކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ