އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ހުކުމެއް އޮތުމުން އެ ޖަލްސާ ގައި ބައިވެރިވެވަޑައިގަންނަވަން އިއުތިރާޒު ކުރެއްވީ އެވެ.
ޖިނާއީ ހުކުމެއްގައި ހުރުމުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ދަރުބާރުގައި ބައިވެރިވެވަޑައިނުގަތުމަށް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ނިންމަވައިފި އެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ އެކަން ކަށަވަރު ކޮށް ދެއްވާފައެވެ.އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވީ ހުވާގެ ޖަލްސާގެ ދައުވަތު ރައީސް ޔާމީނަށް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި އަދި ހައިބަތުބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް ރައީސް ޔާމީން ދެކެވަޑައިގަންނަވާ ކަމަށެވެ.".. އަދި އެއީ ތަހުޒީބީ މުޖުތަމައު ތަކުގައި ވެސް ގަބޫލުކުރާ އުސޫލުތަކާ ހިހިލާފު ކަމެއް ކަމަށް [ރައީސް ޔާމީނަށް] ފެނިވަޑައިގަންނަވާތީ އެ ރަސްމިއްޔާތު ގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު ވަނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދަންނަވައިފައި،" ގާނޫނީ ވަކީލުންގެ ޓީމުން ހިއްސާކުރި މެސެޖުގައި ވިދާޅުވެފައި ވެއެވެ.މަޖިލީހުގެ އިދާރާ އިން ވަނީ މިދިޔަ ހޯމަ ދުވަހު ރައީސް ޔާމީނަށް، އިންތިހާބީ ރައީސާއި ނާއިބު ރައީސް ހުވާ ކުރެއްވުމުގެ ދަރުބާރުގެ ދައުވަތު ފޮނުއްވާފައެވެ. ކަރެކްޝަންގެ ހުއްދަ ހޯދައިގެން އެ ޖަލްސާ ގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު ރައީސް ޔާމީނަށް އެބަ އޮތެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ހުކުމެއް އޮތުމުން އެ ޖަލްސާ ގައި ބައިވެރިވެވަޑައިގަންނަވަން އިއުތިރާޒު ކުރެއްވީ އެވެ.ޔާމީންގެ މައްޗަށް އިއްވި ހުކުމްގެ އިސްތިއުފާނު ދިގު ދެމިގެން ދިއުމަށް ފަހު މިހާރު އޮތީ ނިމުމުގެ މަރުހަލާ ގައެވެ.މިދިޔަ ސެޕްޓެންބަރު މަހު އޮތް ރިޔާސީ އިންތިހާބު، ޑރ. މުހައްމަދު މުއިއްޒު އާއި ހުސައިން މުހައްމަދު ލަތީފް ކާމިޔާބު ކުރެއްވިއިރު ރައީސް ޔާމީން ހުންނެވީ ޖަލު ބަންދު ގައެވެ. ނަމަވެސް މުޅި ކެމްޕެއިން ގައި މައިގަނޑު ގޮތެއް ގައި ބޭނުން ކުރެއްވީ ރައީސް ޔާމީންގެ ފޮޓޯފުޅެކެވެ. ރައީސް ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޖިނާއީ ހުކުމެއްގައި ހުރުމުން ހުވާގެ ދަރުބާރުގައި ޔާމީން ބައިވެރިވެވަޑައިނުގަންނަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ