ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އިއުލާން ކުރައްވައިފިއެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރެއްވުމަށްފަހު ރައީސް އޮފީހުން ނިކުމެވަޑައިގެން ނޫސްވެެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވަނީ ކުރިއަށް އޮތް މަޖިލީހަށް ވެސް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެ ފައެވެ. އަދި ކުރިމަތި މާމިގިލީ ގޮޑިއަށް ކަމަށް ވިދާޅުވި އެވެ.ފާއިތުވި ތިން ދައުރުގައި ވެސް މާމިގިލީ ދާއިރާގެ ގޮނޑި ފުރުއްވީ ގާސިމް އެވެ.ރައީސުލްޖުމްހޫރިއްޔާއާއި ޤާސިމް އިބްރާހީމް ބައްދަލުކުރައްވާފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން ވެރިކަކުރާ ޕީޕީއެމް/ޕީއެންސީއާއި، ޤާސިމްގެ ޖުމްހޫރީ ޕާޓީން ވަނީ މަޝްވަރާކުރައްވާފައެވެ.އެންމެ ފަހުން ބޭއްވި ރައްޔިތުންގެ ޖަލްސާގައި ޤާސިމް ވަނީ މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ އަވަސް ކުރަން ޖެހޭކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ